Advertisement

ސޯލިހު ގޮވައިލެއްވީ ވޯޓުލުމުގެ ހައްގު އެންމެ ފުރިހަމައަށް އަދާކުރަން

21 އޭޕްރީލް 2024 - 11:12 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މަޖިލިސް އިންތިހާބުގެ ވޯޓުލުމަށްފަހު ކުރީގެ ރައީސް ސޯލިހު ނޫސްވެރިންނާ ވަހަކަފުޅުދައްކަވަނީ -- ފޮޓޯ: އެމްޑީޕީ


ސޯލިހު ގޮވައިލެއްވީ ވޯޓުލުމުގެ ހައްގު އެންމެ ފުރިހަމައަށް އަދާކުރަން

21 އޭޕްރީލް 2024 - 11:12 0

ހުރިހާ ރައްޔިތުން ވެސް އަވަހަށް ނިކުމެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުމުގެ ހައްގަ އެންމެ ފުރިހަމައަށް އަދާކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން މިއަދު ކުރިއަށް ގެންދާ އިންތިހާބުގައި ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ގައުމުގެ މަސްލަހަތާއި ކުރިމަގަށްޓަކައި ކޮންމެ ރައްޔިތަކަށް ވެސް ގާނޫނީ ގޮތުން ލިބިފައިވާ ވޯޓުލުމުގެ ހައްގު އެންމެ ފުރިހަމައަށް ބޭނުންކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. އެގޮތުން އަވަހަށް ވޯޓުލާން ނުކުތުމަށް ރައީސް ސޯލިހު އެދިވަޑައިގަތެވެ.

"މިއީ ގާނޫނީ ގޮތުން ލިބިފައިވާ ވަރަށް ބޮޑު ހައްގެއް. މި ހައްގު އެންމެ ފުރިހަމަ ގޮތުގަ ކޮންމެ ރައްޔިތަކު ވެސް ބޭނުންކުރުމަކީ ގައުމުގެ މަސއްލަހަތަށްޓަކާ ގައުމުގެ ކުރިމަގަށްޓަކާ ކޮންމެހެން މުހިއްމު ކަމެއް،" ސޯލިހު ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުން އެމްޑީޕީއަށް ސާފު އަގުލަބިއްޔަތެއް ލިބޭތަން ފެނިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ހާއްސަކޮށް ބޮޑެތި ސިޓީތަކާއި ކުދި ރަށްތަކުން އަގުލަބިއްޔަތު ލިބޭނެކަމަށް ވެސް ވިދާޅުވި އެވެ.

ވޯޓަށް ނުފޫޒުފޯރުވުމާއި ބިރުދެއްކުން އަދި ސަރުކާރުގެ ވަސީލަތްތައް ކެމްޕެއިނަށް ބޭނުންކޮށްފައިވާކަމަށާއި އެފަދަ ޝަކުވާތަކެއް ލިބުނުކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން 8:00 ގައި ފެށުމާއެކު، ފުރަތަމަ ދެގަށީރު ތެރޭގައި ޖުމްލަ 47،296 މީހުން ވަނީ ވޯޓުލާފަ އެވެ. މިއީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ 16.61 ޕަސެންޓު މީހުންނެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:30 ގެ ނިޔަލަށެވެ.

މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާއިރު، އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މިއަދުގެ އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓަ އެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓަ އެވެ.