16 ސެޕްޓެންބަރު 2023 - 16:58 0
އަހުމަދު އާއިދު
ޖޭޕީގެ ލީޑަރު ގާސިމް. ފުރަތަމަ ބުރުގައި އޭނާއަށް ލިބުނީ މަދު އަދަދެއްގެ ވޯޓުތަކެއް --- ފޮޓޯ:އަދަދު
16 ސެޕްޓެންބަރު 2023 - 16:58 0
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފި އެވެ
ޖޭޕީއިން މިފަދައިން ނިންމާފައިވަނީ ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، ޕާޓީއިން ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ. ކައުންސިލް ބައްދަލުވުމުގައި ލީޑަރު ގާސިމް އިބްރާހިމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި 68 މެމްބަރަކު ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއް ފަހަތަށް ނޭރުމަށް ވޯޓު ދީފަ އެވެ.
"އަޅުގަނޑުމެން ކެމްޕޭންގައި ތާއިދު ހޯދުމަށްޓަކައި ދެއްކި އެންމެހާ ވާހަކަތަކުގެ އަލީގައި އަޅުގަނޑުމެންނަށް ފެންނަން ހުރި ޑޮކިއުމެންޓުތަކުން ފެންނަ ހުރި ގޮތުންނާއި މި ހުރިހާ ކަމަކުން," އެ ނިންމުން ބިނާކުރި ސަބަބުތައް ހާމަކުރަމުން ގާސިމް ވިދާޅުވި އެވެ.
ކޯލިޝަން ހެދުމަށް ޖޭޕީއާއެކު އެންމެ ފުރަތަމަ ބައްދަލުކުރީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ. ރަނިން މޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ލީޑުކުރެއްވި ޓީމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރީ މި މަހު 12 ގަ އެވެ.
ޖެހިގެން އައި ދުވަހު ރައީސް ސޯލިހުވެސް ވަނީ ގާސިމްގެ އަރިހަށް ސަން އައިލެންޑަށް ވަޑައިގެން ބައްދަލުކުރައްވާފަ އެވެ. އެ ރަށުގައި ރައީސް ދެ ދުވަސް ހޭދަކުރެއްވި އެވެ. ރައީސްގެ އަރިހުގައި ރަނިން މޭޓު މުހައްމަދު އަސްލަމްވެސް ވަޑައިގަތެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޖޭޕީއިން ބޭއްވި ކައުންސިލް ބައްދަލުވުން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ ދެކޮޅަށް ވާދަކުރަނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެވެ. ފުރަތަަމަ ބުރުގައި މުއިއްޒުއަށް ލިބުނީ 101،581 ވޯޓެވެ. ރައީސް ސޯލިހަށް ލިބުނީ 86،164 ވޯޓެވެ. ފުރަތަމަ ބުރުގައި ގާސިމަށް ލިބުނީ 5،460 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 2.47 އެވެ.
ރިޔާސީ އިންތިހާބުގައި ތިންވަނަ އަށް އެންމެ ގިނައިން ވޯޓު ލިބުުނު ދަ ޑިމޮކްރެޓްސް ޕާޓީއިން މިހާތަނަށް ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމަށް ނިންމާފައެއް ނުވެ އެވެ. ދެ ވަނަ ބުރަށް އެކުގައި މަސައްކަތްކުރަން ޕީޕީއެމް/ޕީއެންސީ އާ ކުރި މަޝްވަރާތައް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށާއި އެހެން ނަމަވެސް އެމްޑީޕީއާ އެކު މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށް ދަ ޑިމޮކްރެޓްސް އިން ރޭ ބުންޏެވެ.
ހ.މައިޒާންދޮށުގޭ ގައި ރޭ ބޭއްވި މީޑިއާ ބްރީފިންއެއްގައި ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ވިދާޅުވި ގޮތުގައި ޕީޕީއެމްއަށާއި އެމްޑީޕީއަށް ވެސް ވެސް ޑިމޮކްރެޓުން ހުށަހެޅި ހުށަހެޅުމަކީ ރާއްޖޭގައި ވެރިކަންކުރުމުގެ ނިޒާމު އަލުން ކަނޑައެޅުމާއި މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ހުށަހެޅުމެވެ.
Comment