Advertisement

ޑަޔާނާގެ ސްވެޓަރެއް 1.1 މިލިއަން ޑޮލަރަށް ވިއްކާލައިފި

16 ސެޕްޓެންބަރު 2023 - 15:03 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިނގިރޭސިވިލާތުގެ އަމީރާ ޑަޔާނާ.


ޑަޔާނާގެ ސްވެޓަރެއް 1.1 މިލިއަން ޑޮލަރަށް ވިއްކާލައިފި

16 ސެޕްޓެންބަރު 2023 - 15:03 0

ނިއު ޔޯކް، އެމެރިކާ (ސެޕްޓެމްބަރު 15) - އިނގިރޭސިވިލާތުގެ އަމީރާ ޑަޔާނާގެ ސްވެޓަރެއްގެ 1.1 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.

"ބްލެކް ޝީޕް" ސްވެޓާއަކީ މިހާރުގެ ރަސްގެފާނު ޗާލްސްއާ އެންގޭޖްވެވަޑައިގެންނެވުމަށް ފަހު ޑަޔާނާ ތުރުކުރެއްވި ސްވެޓަރެެވެ.

އޭރު އުމުރުފުޅުން 19 އަހަރުގެ ޑަޔާނާ އެ ސްވެޓަރު ތުރުކުރައްވައިގެން ހުންނެވި ފޮޓޯ ނެގީ ޖޫން 1981 ވަނަ އަހަރު ޕޯލޯ މެޗެއްގެ ތެރެއިންނެވެ.

އެ ސްވެޓަރު ވިއްކަން ހުޅުވާލުމާ އެކު ވާދަވެރި އަގުތަކެއް ހުށަހެޅި އެވެ. ސޮދަބީޒްއިން ކުރިން ހީކުރީ އޭތި ވިކޭނީ 80،000 ޑޮލަރަށް ކަމަށެވެ.

އެކަމަކު ޑިމާންޑް ބޮޑުވުމުން، އަގު ހުށަހެޅުމަށް ވަގުތު އިތުރުކޮށް، އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަށް 1.1 މިލިއަން ޑޮލަރަށް ވަނީ ވިއްކާލައިފަ އެވެ.

ސޮދަބީޒް އޯކްޝަން ހައުސްއިން ބުނީ މިއީ ޑަޔާނާގެ ހެދުންކޮޅަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އަގު ކަމަށެވެ. މީގެ ކުރިން އެންމެ އަގުބޮޑުކޮށް ވިކުނު ހެދުމަށް ލިބުނީ 604،800 ޑޮލަރެވެ.

އޭގެ އިތުރުން މިއީ މިހާތަނަށް ވިކުނު އެންމެ އަގުބޮޑު ސްވެޓަރެވެ. އެ ސްވެޓަރު އުފެއްދީ ސެލީ މުއިރް އާއި ޖޮއާނާ އޮސްބޯން، އެ މީހުންގެ ކުންފުނި ވޯމް އެންޑް ވޮންޑަފުލް މެދުވެރިކޮށްގެންނެވެ.