Advertisement

ކަލައިދޫ-ދަނބިދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ

13 ސެޕްޓެންބަރު 2023 - 15:58 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ކަލައިދޫ-ދަނބިދޫ ކޯޒްވޭގެ މަސައްކަތައް ބޭނުންވާ މެޝިނަރީސް އެރަށަށް ގެންގޮސްފައި--- ފޮޓޯ:އެމްޓީސީސީ


ކަލައިދޫ-ދަނބިދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ

13 ސެޕްޓެންބަރު 2023 - 15:58 0

ލ. ކަލައިދޫ އާއި އެ އަތޮޅު ދަނބިދޫ ގުޅައިލާ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

ކަލައިދޫން ދަނބިދޫއަށް ކޯޒްވޭ އަކުން ގުޅައިލުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީ އާ ހަވާލުކުރީ ޖެނުއަރީ 22، ގަ އެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ޕްރޮޖެކްޓު ސައިޓަށް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. ޖުމުލަ 144.38 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން ދީފައިވާ މުއްދަތަކީ 550 ދުވަހެވެ.

އެމްޓީސީން ބުނީ އެ މަޝްރޫއުގައި 42,624 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 271 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 752 މީޓަރުގެ ސްކައުރިން އޭޕްރަން ހެދުމާއި، 315 މީޓަރުގެ ބްރިޖެއް ހެދުމާއ،ި 714 މީޓަރުގެ ރީޓެއިނިންގ ފާރެއް ހެދުމުގެ އިތުރުން 7,266 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކޮށް މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ކަލައިދޫ އާއި ދަނބިދޫއާއި ދެމެދުގައި 3،000 ފޫޓާއި 3،500 ފޫޓާ ދެމެދުގެ ދުރުމިނެއް ހުރެ އެވެ. ދަނބިދޫ އާއި ކަލައިދޫ ކޯޒްވޭއަކުން ގުޅައިލުމުން ކަލައިދޫއާ އެއްފަސްގަނޑެއްގައި އޮންނަ އިސްދޫވެސް ދަނބިދޫއާ ގުޅިގެން ދާނެ އެވެ.