Advertisement

ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ރައީސް ސޯލިހު ގާސިމްއާ ބައްދަލުކުރައްވަނީ

13 ސެޕްޓެންބަރު 2023 - 10:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ ކެމްޕޭނުގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބައްދަލުކުރައްވާފައި - ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ރައީސް ސޯލިހުވެސް ގާސިމްގެ އަރިހަށް - ފޮޓޯ: އެމްޑީޕީ


ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ރައީސް ސޯލިހު ގާސިމްއާ ބައްދަލުކުރައްވަނީ

13 ސެޕްޓެންބަރު 2023 - 10:13 0

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތަކަށް، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ގާސިމްއާ ބައްދަލުކުރައްވާނެ އެވެ.

ގާސިމް, ރައީސާއެކު މަޝްވަރާ ފަށާފައިވާއިރު ދެވަނަ ބުރުގައި، އެމްޑީޕީ ނުވަތަ ޕީޕީއެމާއެކު އެކުގައި މަސައްކަތް ކުރުމާމެދު ގޮތް ނިންމުމަށް ޖޭޕީއިން މިއަދު ބާއްވަން އުޅުނު ކައުންސިލް ބައްދަލުވުން މިހާރު ވަނީ ފަސްކޮށްފަ އެވެ.

މީގެ ކުރިން 2018 އަދި 2008 ގެ ރިޔާސީ އިންތިހާބުގައިވެސް ޖޭޕީއިން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދާފަ އެވެ. މިހާރު މިއޮތް ސަރުކާރުގައިވެސް އެ ޕާޓީއަކީ ކޯލިޝަން ޕާޓްނަރެކެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބުނީ 5،460 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 2.47 އެވެ.

ފުރަތަމަ ބުރުގައި އެއްވަނައަށް ދިޔަ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންވެސް ރޭ ވަނީ ސަން އައިލެންޑުގައި ގާސިމާ ބައްދަލުކޮށްފަ އެވެ. ޕީޕީއެމްގެ ވަފުދުގެ އިސްކޮށް ހުންނެވީ ޑރ. މުއިއްޒުގެ ރަނިން މޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، ޕީޕީއެމުން އިއްޔެ ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އިންތިހާބުގައި ތިންވަނަ އަށް ދިޔަ ޑިމޮކްރެޓްސްއިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ކޮމިޓީއެއް އެކުލަވައިލީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި ދެ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓަކަށް ތާއީދުކުރަން ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމުމުގެ ކުރިން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށެވެ. ޕާޓީތަކާ މަޝްވަރާކުރަން ޑިމޮކްރެޓުން ނެގީ އަށް މެމްބަރުންގެ ކޮމިޓީ އެކެވެ.