Advertisement

ފުވައްމުލަކު މޭޔަރުގެ އުއްމީދަކީ ދެވަނަ ބުރު އެމްޑީޕީއަށް ހޯދައިދިނުން

11 ސެޕްޓެންބަރު 2023 - 11:47 1

ފުވައްމުލަށް

އަހުމަދު ސައީދު

އަހުމަދު ސައީދު

ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު އެމްޑީޕީގެ ކެމްޕޭނުގައި: ވިދާޅުވީ ދެވަނަ ބުރު ކާމިޔާބު ވާނީ އެހެން ފާޓީ ތަކާއި ގުޅިގެން ކަމަށް -- އަދަދު ފައިލް ފޮޓޯ


ފުވައްމުލަކު މޭޔަރުގެ އުއްމީދަކީ ދެވަނަ ބުރު އެމްޑީޕީއަށް ހޯދައިދިނުން

11 ސެޕްޓެންބަރު 2023 - 11:47 1

ފުވައްމުލަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެހެން ޕާޓީތަކާއި ގުޅި، އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ފުވައްމުލަކު ސިޓީގެ މޭޔާރު އިސްމާއިލް ރަފީގު ވިދާޅުވެއްޖެ އެވެ.

"ޖޭޕީ އާއި ޑިމޮކްރެޓްސް އާ އެމްޑީޕީން ގުޅޭނެ ކަމަށް އުއްމީދު މިކުރަނީ، ދެވަނަ ބުރުގައި އިތުރަށް މަސައްކަތް ކުރަން އެބަޖެހޭ،" އިސްމާއިލް ވިދާޅުވި އެވެ.

ތޭރަ ހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ މި ރަށުން 8،282 މީހުނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެ އެވެ. ނަމަވެސް, މިރަށުން ވޯޓު ލާން ނުކުތީ 6،590 މީހުންނެވެ. ބާކީ 1،692 މީހުން ވޯޓުގައި ބައިވެެރިއެއް ނުވެ އެވެ.

ހާއްސަކޮށް މާލޭގައި ދިރިއުޅޭ މިރަށުގެ ބޮޑު ޕަސެންޓޭޖެއް ވޯޓު ގައި ބައިވެރިވެފަ އެއް ނުވެ އެވެ. މާލޭގައި ބެހެއްޓި ފުވައްމުލަކު ފޮއްޓަށް ވޯޓު ލުމުގެ ހައްގު އޮތް 758 މީހުންގެ ތެރެއިން 352 މީހުން ވޯޓު ލައިފައެއް ނުވެ އެވެ.

ގިނަ ބަޔަކު ވޯޓުގައި ބައިވެރި ނުވި ސަބަބާ ބެހޭ ގޮތުން އިސްމާއިލް ވިދާޅުވީ ރަށުގައި ނެތުމުގެ ސަަބަބުން ވެސް ބައެއް މީހުނަށް ވޯޓުގައި ބައިވެރި ނުވެވުނު ކަމަށެވެ.

"ވޯޓު ލާން އަންނަން ބޭނުންވި ބައެއް މީހުން ތިބި ރަށަށް ނާދެވިގެން ވޯޓު ނުލިވި ވެސް،" އޭނާ ވިދާޅުވި އެވެ.

މިރަށުން 46 ފަސެންޓް ވޯޓު ޑރ. މުހައްމަދު މުއީޒު ކާމިޔާބު ކުރެއްވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ލިބިވަޑައި ގެންނެވީ 38 އަށް ޕަސެންޓް ވޯޓެވެ.

މިރަށުން ވޯޓުލާން ނުކުތް މީހުންގެ ތެރޭގައި ޒުވާނުން މަދުކަން ފާހަގަ ކުރެވެ އެވެ. އުމުރުން ދުވަސްވީ މީހުންގެ ތާއީދު އޮތް ކަމަށް ބޮޑަށް ގަބޫލު ކުރެވެނީ ޑރ. މުއީޒު އަށެވެ.

މިރަށުގެ 80 ޕަސެންޓް މަގުގައި ތާރު އެޅުމުގެ ސަބަބުން ލިބުނު ފަސޭހަ އެންމެން ވެސް ފާހަގަ ކުރެ އެވެ. ރައީސް ސޯލިހުގެ ސަރުކާރުން، މިހާރު ވެސް ގެންދަނީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޮޑު ހިލަ ޖެހުމާއި މަގު ހެދުމާއި އެނޫން ޕްރޮޖެކްޓްތައް ވެސް ހިންގަމުންނެވެ.