Advertisement

ގެނައި ތަރައްގީގެ ސަބަބުން އައްޑޫއަށް ވެސް އިބޫ ނޫން ގޮތެއް ނެތް: އަސްލަމް

8 ސެޕްޓެންބަރު 2023 - 00:39 0

ނިމާ ހަސަން

ނިމާ ހަސަން

އަސްލަމް އައްޑޫ ސިޓީގައި ބައްވާ އުފާވެރި އައްޑޫ ޖަލްސާގައި; މިއީ ރައީސް ސޯލިހުގެ ކެމްޕޭން ނިންމާ ބޮޑު ޖަލްސާ -- ފޮޓޯ: މިރާން/ އަދަދު


ގެނައި ތަރައްގީގެ ސަބަބުން އައްޑޫއަށް ވެސް އިބޫ ނޫން ގޮތެއް ނެތް: އަސްލަމް

8 ސެޕްޓެންބަރު 2023 - 00:39 0

ވޭތުވެދިޔަ ސަރުކާރުތަކުން ކުރި ކަންކަމަށް ވުރެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އައްޑު އަށް ގެނައި ތަރައްގީ މާ ބޮޑު ކަމަށާއި، "އައްޑޫއަކަށް ވެސް އިބޫ ނޫން ގޮތެއް ނެތް" ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޑުއަށް އުފަން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި އައްޑުއަށް ކޮށްދީފައިވާ މަސައްކަތްތަކަށް އެކަނި ބަލާލިއަސް މި ސަރުކާރުގެ ކަންކަން ލަސްވެގެން ނުދާކަން އެނގޭ ކަމަށާއި އަދި ކޮށްފައިވާ މަސައްކަތުގެ ހަލުއި ކަމަށާއި ރަނގަޅުކަން އެނގި ސާބިތުވެގެންދާނެ ކަމަށެވެ.

"ނެތޭ، މި ރާއްޖެއަކަށް އިބޫ ނޫން ގޮތެއް ނެތޭ. އަދި އަމުދުން މި އައްޑޫއަކަށް ވެސް އިބޫ ނޫން ގޮތެއް ނެތް،" އަސްލަމް ވިދާޅުވި އެވެ.

އައްޑޫގެ ތަރައްގީއަށް ބެލިއަސް, މި ސަރުކާރުން ކުރި ވަރުގެ މަސައްކަތްތަކެއް އެހެން ސަރުކާރަކުން ކޮށްފައި ނުވާ ކަމަށާއި މުޅި އައްޑޫ ބަދަލުކޮށްލި އިނގިރޭސީން ގެނައި ތަރައްގީއަށްވުރެ މި ސަރުކާރުން ގެނައި ތަރައްގީ އާއި އެކަމަށް ކުރި ހޭދަ މާބޮޑު ކަމަށް އަސްލަމް ވިދާޅުވެފަ އެވެ.

"އިނގިރޭސީން މި ތަނުގައި ތިބެ ގާއިމުކުރި އިންފްރާންސްޓްރަކްޗާއަށް ވުރެ މާބޮޑެތި ހަރަދުތައް ކުރެވިގެން މި ދަނީ މި ފަސް އަހަރު ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރަށެއްގައި ބާއްވާ އެންމެ ފަހު ޖަލްސާގެ ގޮތުގައި މިރޭ ބޭއްވި އެ ޖަލްސާގައި އަސްލަމް ވިދާޅުވީ "އުފާވެރި އައްޑޫ" މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަވުމުން ދެން އައްޑޫއަށް ވަކި އިތުރު ކަމެއް ބޭނުން ނުވާ ކަމަށެވެ. އަދި އިތުރު ކަމެއް ކޮށްދޭން އެހެން ކެންޑިޑޭޓަކު ވައުދުވާތަން ވެސް ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އަޅުގަނޑުމެން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ވަކި އައްޑޫއަށް ވީ މާ މޮޅު ކަމެއް ނެތް, އައްޑޫގެ ޓޫރިޒަމްގެ ވާހަކަ އެ ބޭފުޅުން [ވާދަވެރިން] ތަކުރާރުކޮށް އެ ދައްކަވަނީ, ހަގީގަތަކީ އައްޑޫގެ ޓޫރިޒަމް ހަލާކުވެ ދިޔައީ އަޅުގަނޑުމެން އޭރު ނިންމި ނިންމުންތަކެއްގެ ސަބަބުން،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ސިޔާސަތަށް އަމާޒު ކުރައްވައި އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ހަލާކުވެ ދިޔައީ ޓޫރިޒަމްގެ ރަށްތަކުން ބިމު ކުލި ނެގުމަށް ގެނައި ބަދަލުގެ ސަބަބުން ކަމަށެވެ. މިއަދު އައްޑޫގެ ޓޫރިޒަމްގެ ހާލަތު ބަޔާން ކުރައްވާ އަސްލަމް ވިދާޅުވީ އައްޑޫ ޝަންގްރިއްލާގެ މައްސަލާގައި ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް ނިންމާފައިވަ ކަމަށެވެ.

އަސްލަމް ވިދާޅުވީ މިފަހުން އައްޑޫގައި ހިއްކި ތިން ރަށާއި އިތުރު ދެ ރަށް އަދި ހަންކެޑެގެ އިތުރުން އައްޑޫގައި އަޅާ ގެސްޓްހައުސްތަކާއެކު އައްޑުއަށް އުޖާލާ ކަމާއެކީ އިގްތިސޯދު ކުރިއަށްދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އައްޑޫގެ ތަސައްވަރު ކުރަހާ ނިމި, ކުލަ ޖެހެމުންދާ ކަމަށެވެ.