Advertisement

ކެލާގެ މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ ހަވާލުކޮށްފި، އަގަކީ 99 މިލިޔަން ރުފިޔާ

6 ސެޕްޓެންބަރު 2023 - 21:51 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހއ.ކެލާގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރަނީ. ފޮޓޯ:ޕްލޭނިން މިނިސްޓްރީ


ކެލާގެ މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ ހަވާލުކޮށްފި، އަގަކީ 99 މިލިޔަން ރުފިޔާ

6 ސެޕްޓެންބަރު 2023 - 21:51 0

ހއ. ކެލާގެ މަގުތަކުގައި ތާރު އަޅައި ރަނގަޅު ފެންވަރަށް ހަދަން 99.2 މިލިޔަން ރުފިޔާގެ އަގަކަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން އަދި ޕްލޭނިން މިނިސްޓްރީން މިއަދު ބުނިގޮތުގައި ކެލާގެ މަގުތަކުގެ 3.9 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުތަކުން ފެން ހިންދާ ނިޒާމު ގާއިމްކޮށް މަގުބަައްތި ޖެހުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެމަޝްރޫއުގެ ދަށުން ތާރުއަޅާނީ ކެލާގެ މައިމަގުތަކުގަ އެވެ.

ކެލާގެ މަގުހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ހައުސިން އަދި ޕްލޭނިން މިނިސްޓްރީގައި އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ޑިރެެކްޓަރް ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރް ހަސަން ސައީދެވެ.