Advertisement

30 އަހަރު ފަހުން ވިންޑޯސްގެ "ވޯޑްޕެޑް" އިސްތިސްނާކުރަނީ

6 ސެޕްޓެންބަރު 2023 - 12:40 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


30 އަހަރު ފަހުން ވިންޑޯސްގެ "ވޯޑްޕެޑް" އިސްތިސްނާކުރަނީ

6 ސެޕްޓެންބަރު 2023 - 12:40 0

މައިކްރޮސޮފްޓް ވިންޑޯސް އޮޕަރޭޓިން ސިސްޓަމްގައި 30 އަހަރު ވެފައިވާ ސޮފްޓްވެއާ "ވޯޑްޕެޑް"، ދެން ނިކުންނަ ރިލީޒްއެއްގައި ނުހިމޭނެ ކަމަށް މައިކްރޮސްފްޓް އިން ބުނެފި އެވެ.

މައިކްރޯސޮފްޓް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް ހުރި ވިންޑޯސް ރިލީޒްތަކުން "ވޯޑްޕެޑް" އިސްތިސްނާކުރާނެ ކަމަށާއި، އެ ނޫން ސޮފްޓްވެއާތައް ބޭނުންކުރުމަށް ލަފާދޭކަމަށެވެ. އެގޮތުން މުހިންމު ޑޮކިއުމެންޓްތައް ތައްޔާރުކުރުމަށް އޮފީސް ވޯޑް އަދި ބޭސިކް ޓެކްސްޓް ޑޮކިއުމެންޓްތަކަށް ނޯޓްޕެޑް ބޭނުންކުރުމަށް ވަނީ ލަފާދީފަ އެވެ.

ވޯޑްޕެޑަކީ އޮފީސް ވޯޑްގެ ވަރަށް މަދު ފީޗާ އެއް ހިމެނޭ ވޯޑް ޕޮރޮސެސާއެކެވެ. އަދި މި ސޮފްޓްވެއާ ގިނަބަޔަކު މިހާރު ބޭނުމެއް ވެސް ނުކުރެ އެވެ. ވިންޑޯސް 95 އިން ފެށިގެން ހިމެނޭ ވޯޑްޕެޑް އަޕްޑޭޓު ނުކުރާތާ ވަނީ ގިނަދުވަސްތަކެއް ވެފަ އެވެ.

ވޯޑް ޕެޑަށް އެންމެ ފަހުން އައިސްފައިވާ ބަދަލުތަކަކީ ވިންޑޯސް 7 ގަ ރިބަން އެއް އައުމުގެ އިތުރުން ވިންޑޯސް 8 ގަ ރިޑިޒައިން ވުމެވެ.

މިފަދައިން ގިނަ ދުވަސްވެފައިވާ ސޮފްޓްވެއާތަކަށް ބަލާލާއިރު އެންމެ ފަހުން ބަދަލެއް އައިސްފައިވަނީ "ނޯޓްޕެޑް" އަށެވެ. އެގޮތުން ނޯޓް ޕެޑް ފުރަތަމަ ފަހަރަށް އަޕްޑޭޓްކޮށްފައިވަނީ 2018 ގަ އެވެ. އެއީ ވިންޑޯސް 11 އާ އެކު އެއަށް ޓެބްސް އިތުރުކުރުމެވެ.

މައިކްރޯސޮފްޓް އިން ވަނީ ނޯޓްޕެޑް އަދި އިތުރަށް ވެސް އަޕްޑޭޓްކުރަން ނިންމާފަ އެވެ. އެގޮތުން އޮޓޯ ސޭވް އަދި އޮޓޮމެޓިކްކޮށް ޓެބްތައް ރިސްޓޯ ވުން ފަދަ ފީޗާތައް އިތުރުކުރުން ހިމެނެ އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އޯއެސް ވިންޑޯސްގެ ދެން އަންނާނެ ރިލީޒް އަކީ ވިންޑޯސް 12 އެވެ. މި ރިލީޒްގައި އޭއައި ގިނަ ފީޗާތަކެއް ހިމެނޭނެ ކަމަށް ގިނަބަޔަކު ގަބޫލުކުރެ އެވެ.