Advertisement

ކެލާ ނިޒާމް ޕީޕީއެމް ދޫކޮށް, އެމްޑީޕީއާ ގުޅިވަޑައިގެންފި

4 ސެޕްޓެންބަރު 2023 - 18:38 2

ނިމާ ހަސަން

ނ

Advertisement

ކެލާ ނިޒާމްގެ މެމްބާޝިޕް ފޯމު, ޗެއާޕާސަން ފައްޔާޒާ ހަވާލުކުރަނީ


ކެލާ ނިޒާމް ޕީޕީއެމް ދޫކޮށް, އެމްޑީޕީއާ ގުޅިވަޑައިގެންފި

4 ސެޕްޓެންބަރު 2023 - 18:38 2

Advertisement

Advertisement

ރައްޔިތުންގެ މަޖިލީހުގެ ހއ. އަތޮޅުގެ ކުރީގެ މެމްބަރު އަހުމަދު ނިޒާމް ނުވަތަ ކެލާ ނިޒާމް އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.

ނިޒާމް މީގެ ކުރިން ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގަ އެވެ. އޭނާ މިއަދު އެމްޑީޕީއަށް ސޮއިކުރެއްވި މެމްބާޝިޕް ފޯމާ އެ ޕާޓީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ހއ. އަތޮޅުގެ މެމްބަރުކަމާއި ރައްޔިތުން ހާއްސަ މަޖިލީހުގެ ހއ. އަތޮޅުގެ މެންބަރުކަން ވެސް ކުރެއްވި ނިޒާމު އެމްޑީޕީއަށް ސޮއިކުރެއްވި އިރު، ނިޒާމާއެކު ކެލާގެ ބައެއް ރައްޔިތުންނާއި, ތިލަދުންމަތީ ބައެއް ޒުވާނުން ވެސް އެމްޑީޕީއަށް ސޮއިކުރި އެވެ.


Advertisement

ކެލާ ނިޒާމަކީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ޑރ. އަބްދުالله މައުސޫމްގެ ބޭބެ އެވެ. ޖުމްހޫރީ ޕާޓީގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު ޑރ. މައުސޫމް ވެސް ވަނީ ދާދި ފަހުން އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ.

ޑރ. މައުސޫމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވީ އެ ޕާޓީން އަމިއްލައަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން އީސީއަށް ފޯމު ހުށަހެޅި ހިސާބުންނެވެ.

Advertisement

20.00%

20.00%

60.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އަލީ އަލީ

over 1 year ago

ރަނގަޅު ރަނގަޅު! އެއްޗެއް ނެތް ތާކަށް ތިވެސް ރަނގަޅު!

ސުން

over 1 year ago

ޖީބަށް ބަރުވަންޏާ ދާނެ.