Advertisement

ރައީސް ވައުދުވީ ވައިކަރަދޫގައި ކާގޯ ފެރީގެ ނިޒާމެއް ގާއިމްކޮށްދޭން

4 ސެޕްޓެންބަރު 2023 - 13:04 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ވައިކަރަދޫގައި ކެމްޕޭން ކުރައްވަނީ: ކާގޯ ފެރީ ނިޒާމެއްގެ ވައުދުވެވަޑައިގެންނެވި -- ފޮޓޯ: މިރާން/ އަދަދު


ރައީސް ވައުދުވީ ވައިކަރަދޫގައި ކާގޯ ފެރީގެ ނިޒާމެއް ގާއިމްކޮށްދޭން

4 ސެޕްޓެންބަރު 2023 - 13:04 0

ހދ. ވައިކަރަދޫ ހިމެނޭ ސަރަހައްދަށް ކާގޯ ފެރީގެ ނިޒާމެއް ތައާރަފުކޮށްދޭން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަން އެމްޑީޕީ އާއި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ހދ. ވައިކަރަދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ, އެ ރަށުގައި ހައްދާ ތަކެތި ފަސޭހައިން އެހެން ތަންތަނަށް ގެންދެވޭނެ ފެރީ ނިޒާމެއް ގާއިމް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"މިރަށުގައި ހައްދާ ތަރުކާރީއާއި މޭވާ ފަސޭހައިން ގެންދެވޭނެ ފެރީ ނިޒާމެއް, ކާގޯ ފެރީއެއް މި ސަރަހައްދަށް ތައާރަފުކޮށްދޭނަން" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަށް އިގްތިސޯދީ ބޮޑު ބަދަލެއް ގެންނައިރު އަމާޒު ހުރީ ފަތުރުވެރިކަމާއި, ދަނޑުވެރިކަމާއި, މަސްވެރިކަމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.

ދަނޑުވެރިކަން ކުރިއެރުވުމަށް ރާވާފައިވާ ކަންކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ދަނޑުވެރިންނަށް މައިކްރޯ ފައިނޭންސިން ސްކީމްތައް ތައާރަފު ކުރުމާއި, އެކަމަށް ބޭނުންވާ ބިން ހޯދައިދިނުމަށް އިސްކަން ދީގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މަސައްކަތް ފެށުމަށް ބޭނުންވާ އިންޓްރެސްޓް ކުޑަ ލޯނު ވެސް ފޯރުކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް ލިބޭ ނަފާ އިތުރު ކުރުމަށް އެކްޕޯޓް އޮރިއެންޓެޑް ވެލިއު ޗެއިން އެއް ގާއިމުކޮށް, ދިވެހި ދަނޑުވެރިންނާއި ރިސޯޓުތަކާއި ދިވެހި އަދި ބައިނަލްއަގްވާމީ މާރުކޭޓަށް ގުޅުވާލަދީ, އެކްސްޕޯޓް ކުރެވޭ ގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ.

ރާއްޖޭގައި ވަރަށް ރަނގަޅަށް އުފައްދާ, އެންމެން ވަރަށް ބޭނުންވާ ބައެއް ޒާތުގެ މޭވާ އެބަހުރި. ފަޅޮލާއި ދޮންކޭލާއި ކަރައާއި އަނބާ މި އެއްޗެއްސަކީ މިހާރު ރަނގަޅު ނިސްބަތަކުން އުފެދިއްޖެއްޔާ އެކްސްޕޯޓުކޮށް ބޭރުގެ މާކެޓުތަކުން ވިއްކޭނެ ތަކެތި. ބޭނުންވަނީ ދަނޑުވެރިންނަށް މި މަސައްކަތް ކުރެވޭނެ ގޮތްތަކާއި މި ތަކެތި ވިއްކޭނެ ފަސޭހަ މާކެޓުތައް ހޯދައިދިނުން.