Advertisement

އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނު ގޮތް ތަހުގީގުކޮށް އެކުލަވައިލި "ކޯނީ ރިޕޯޓު" ގެއްލިގެން ފުލުހަށް މައްސަލަ ހުށަހަޅައިފި

4 ސެޕްޓެންބަރު 2023 - 06:49 4

ނިމާ ހަސަން

ނ

Advertisement

ރައީސް ސޯލިހް; ކޯނީ ރިޕޯޓު ގެއްލިގެން ފުލުހަށް ހުށަހަޅާފައިވާކަން ހާމަކުރެއްވި -- ފޮޓޯ: އިޔާން/ އަދަދު


އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނު ގޮތް ތަހުގީގުކޮށް އެކުލަވައިލި "ކޯނީ ރިޕޯޓު" ގެއްލިގެން ފުލުހަށް މައްސަލަ ހުށަހަޅައިފި

4 ސެޕްޓެންބަރު 2023 - 06:49 4

Advertisement

Advertisement

ރައީސް މުހައްމަދު ނަޝީދުވެ ވެރިކަން ނިމިގެން ދިޔަ ގޮތް ތަހުގީގު ކުރަން އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން އެކުލަވައިލި ރިޕޯޓް (ކޯނީ ރިޕޯޓް) ގެއްލިގެން ފުލުހަށް ހުށަހަޅާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހާމަކުރައްވައިފި އެވެ.

ހދ. ނޭކުރެންދޫގައި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކޯނީ ރިޕޯޓު މިހާރު ނެތް ކަމަށާއި, އެ ވީތަނެއް ނޭނގިގެން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ ދައުލަތުގެ ބޮޑު ސިއްރެއް ކަމަށާއި, އެކަން ބަލާ ތަހުގީގުކޮށް އޭގެ ޒިންމާވާ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

"ކުރީ ދުވަހެއްގެ ޑިބޭޓުގައި ކޮންމެވެސް ބޭފުޅަކު ވިދާޅުވި ކޯނީ ރިޕޯޓެއްގެ ވާހަކަ. މިހާރު އެ އޮތްތޯ ބައްލަވާ. އެ ވީތަނެއް ނޭނގެ މިހާރު. އެ މައްސަލަ ބަލަން އަޅުގަނޑުމެން ވާނީ މިހާރު ފުލުހަށް ހުށަހަޅާފައި. މިއީ ދައުލަތުގެ ކޮން ކަހަލަ ބޮޑު ސިއްރެއްތޯ. މިއަދަކު އެއެއް ނެތް. އެކަން ބަލާ ތަހުގީގު ކުރީމަ އެނގޭނެ އޭގެ ޒިންމާވާ މީހާ" ރައީސް ވިދާޅުވި އެވެ.

އެ ރިޕޯޓް ނެތް ކަން އެނގިވަޑައިގެންނެވީ ކޮން އިރަކު ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ. ވިދާޅުވީ ކުރިމަތިލައިގެން ތިބި ކެންޑިޑޭޓުންނާމެދު ފުންކޮށް ވިސްނަންވީ މިފަދަ ކަންތައްތަކާ ހެދި ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނީ އިދިކޮޅު މީހުން މެދުނުކެނޑި 21 ރޭ ކުރި މުޒާހަރާތަކަކަށް ފަހު ފުލުހުންނާއި ސިފައިން ހިންގި މިއުޓިނީއަކަށް ފަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. ފުލުހުންނާއި ސިފައިން މިއުޓިނީ ހިންގީ 2012، ފެބްރުއަރީ 7، ގަ އެވެ. އެ ދުވަހު ހިންގި ކަންތައްތަކަށް ފަހު ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރީ ހާލަތެއްގައި ކަަމަށާއި އެއީ ބަޣާވާތެއް ކަމަށް އެމްޑީޕީން ތުހުމަތުކުރެެ އެވެ. ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އުފެއްދީ އެތުހުމަތުތަކާ ގުޅިގެން، އެ ހާދިސާތައް ތަހުގީގުކުރުމަށެވެ.

Advertisement

Advertisement

66.67%

0.00%

0.00%

33.33%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ތިރިޕޯޓު

over 1 year ago

ތިކަންކުރިބަޔަކު އަވަހަށް ހޯދޭނެކަމަށް ހީކުރަން. ވަރަށް މުހިންމު ލިއުމެއް ތިގެއްލުނީ.

ރައްޔިތު އަހުމަދު

over 1 year ago

ހތތޕސ://އއއ.ޗޮނިރެޕޮރތ.ޮރގ/_ފިލެސ/ުގދ/84ޗ1ފ8_6ަ639628ެ9344ދ639ަ429ަޗފދ82ެދދޗ0.ޕދފ؟ިނދެ×=ތރުެ މި ލިންކް އިން މިހާރުވެސް ކޯނީ ރިޕޯޓް އެބަހުރި

ސައިޚް

over 1 year ago

ސަރުކާރަށް އަދި ކިރިއާ މިއެނގުނީ ރިޕޯރޓް ނެތްކަން، ފެއިލްވެފަ އޮތްވަރު ވިސްނާބަލަ، 5 އަހަރުވީ އިރުނޭންގޭ ތިއަ ރިޕޯރޓްނެތްކަން، ތިވަރުން ދެން އިސްތިއުފާދޭންވީނު، ފުލުހުންނަށް އެނގޭނެތަ ރިޕޯރޓް ވީތަން، ނުވެސް ހޯދޭނެ، ނުވެސް ހޯދާނެ،

އޮނުކުރި

over 1 year ago

ތިޔަވާހަކަ ތިޔަ ވިދާޅުވީ ކެންޑިޑޭޓެއްގެ ޙައިސިއްޔަތުން ސަޕޯޓަރުންނާ ބައްދަލުކޮށް ވޯޓް ހޯދުމަށް އެދި ވާހަކަ ދައްކަވަމުން. ވޯޓް ހޯދުމުގެ ބޭނުމުގައި މިދުވަސްވަރު ކޮންމެ ފަދަ އިތުރު ފުޅެއްވެސް ހައްދަވާފާނެކަން ރިޔާސީ ބަހުސް 2023 އަޑު އެހި ކޮންމެ މީހަކަށް ވެސް ކަށަވަރުވާނެ. ތިޔަ އުޅުއްވަނީ ސިޔާސީ ނަފުރަތާއި ހަސަދަ ވެރިކަމުގެ އަލިފާނެއް ރޯކުރައްވާން. ރައީސް އޮފީސް ބޮއްސުން ލައިފި......