Advertisement

ހއ. ދިއްދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި، ފުރަތަމަ ހަފުތާގައި ހިލޭ ދަތުރުކުރެވޭނެ

4 ސެޕްޓެންބަރު 2023 - 12:42 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެމްޓީސީސީން ދިއްދޫގައި ބަހުގެ ހިދުމަތް ދެނީ -- ފޮޓޯ: އެމްޓީސީސީ


ހއ. ދިއްދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި، ފުރަތަމަ ހަފުތާގައި ހިލޭ ދަތުރުކުރެވޭނެ

4 ސެޕްޓެންބަރު 2023 - 12:42 0

ހއ އަތޮޅުގެ ވެރިކަން ކުރާ ދިއްދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ބަހުގެ ހިދުމަތް އެމްޓީސީސީން ދޭން ފަށައިފި އެވެ.

އެމްޓީސީސީން ބުނީ އާރުޓީއެލްގެ އެހެން ހިދުމަތްތަކެކޭ އެއްފަދައިން ދިއްދޫގައި ބަހުގެ ހިދުމަތް ފުރަތަމަ ހަފުތާގައި ދޭނީ ހިލޭ ކަމަށެވެ.

ދިއްދޫގައި ބަސް މަޑުކުރުމަށް ހާއްސަ 10 ބަސް ހުއްޓިއެއް ވަނީ ކަނޑައަޅައިފަ އެވެ. ބަހުގެ ހިދުމަތް ދިނުމަށް ދިއްދޫގައި ބޭނުންކުރަނީ 32 މީހުންގެ ޖާގައިގެ ދެ ބަހެވެ. އެއީ 22 މީހަކަށް އިށީންދެވޭ ގޮތަށް އަދި 10 މީހަކަށް ކޮޅަށް ތިބެވޭނެ ގޮތަށެވެ.

ދިއްދޫގައި މި ހިދުމަތް ހިލޭ ފޯރުކޮށްދޭ މުއްދަތު ހަމަވުމުން، އާރްޓީއެލް އެޕް މެދުވެރިކޮށް ބަހުގެ ޓިކެޓް ގަނެވޭނެ އެވެ. އަދި ފުރަތަމަ ހަފްތާއަށް ފަހުގައި ވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، ސްކޫލް ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން، 65 އަހަރުން މަތީގެ މީހުންނަށް ބަހުގައި ހިލޭ ދަތުރުކުރެވޭނެ އެވެ.

ދިއްދޫގެ ބަސް ޝެޑިއުލް އަދި ރޫޓް އާރްޓީއެލް އެޕުން ބަލައިލެވޭނެ އެވެ.

އެމްޓީސީސީން މިހާރު އާރްޓީއެލް ބަހުގެ ހިދުމަތް ދެމުން އަންނަނީ މާލެ ސިޓީގެ އިތުރުން، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގަ އެވެ.