Advertisement

މުއިއްޒު "އަނިޔާވެރިކަން" ނައްތާލާނަމަ އެންމެން ތިބޭނީ ޖަލުގައި: ރައީސް

3 ސެޕްޓެންބަރު 2023 - 16:45 1

ނިމާ ހަސަން

ނިމާ ހަސަން

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ހދ. ފިނޭގައި; ވާދަވެރި ކެންޑިޑޭޓަށް ފާޑުކިއުން އަމާޒުކުރި -- ފޮޓޯ: މިރާން /އަދަދު


މުއިއްޒު "އަނިޔާވެރިކަން" ނައްތާލާނަމަ އެންމެން ތިބޭނީ ޖަލުގައި: ރައީސް

3 ސެޕްޓެންބަރު 2023 - 16:45 1

ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު, ރާއްޖެއިން 'އަނިޔާވެރިކަން' ނައްތާލަން ނިކުމެވަޑައިގެންފި ނަމަ އެންމެން ހިފާ ހައްޔަރުކޮށް ޖަލަށް ލާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތުކުރައްވައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭންކުރަން އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ހދ. ފިނޭގައި ބޭއްވި ޖަލްސާގައި ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ވާދަވެރި ކެންޑިޑޭޓް މުއިއްޒު, ރޭގެ ރިޔާސީ ބަހުސްގައި ދެއްކެި ބައެއް ވާހަކަތަަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރޭގެ ބަހުސް ނިންމަވާލައްވަމުން މުއިއްޒު ވިދާޅުވީ ގައުމަށް މިހާރު ބޭނުންވާ ކަމަކީ އަނިޔާވެރިކަން ނިމިގެންގޮސް ހަމަޖެހުން އައުން ކަމަށެވެ. އެ ވާހަކައަށް ރައްދު ދެއްވަމުން, ރައީސް ސޯލިހު އިޝާރާތްކުރެއްވީ މުއިއްޒު އިސް މަގާމެއް ފުރުއްވި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ހާލަތު އޮތް ގޮތަށެވެ.

އިންތިހާބުގައި ވާދަކުރަން ނިކުމެ ތިބި ކެންޑިޑޭޓުންނާމެދު ވިސްނުމަށް އިލްތިމާސް ކުރައްވާ ރައީސް ވިދާޅުވީ އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ މީގެ ކުރީގެ ސަރުކާރުތަކުގެ އިސް މަގާމުތަކުގައި ތިބި ނުވަތަ ނުފޫޒުގަދަ ބޭފުޅުން ކަމަށެވެ.

"މިއަދު އެ ބޭފުޅުން އަނިޔާވެރިކަން ނައްތާލަންށޭ ބޭނުންވަނީ ކިޔާފައި ނިކުމެއްޖިއްޔާ އެކަން ވެގެންދާނީ އަޅުގަނޑުމެން އެންމެން ގެންގޮސް ހިފާ ހައްޔަރުކޮށްގެން ޖަލަށްލުން." ނަން ވިދާޅުނުވެ, މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ހާލަތު އޮންނާނެ ގޮތް ތަސައްވަރު ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ސަރުކާރާ ދެކޮޅަށް ހިޔާލުފާޅުކުރާ އެއްވެސް މީހަކަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މުއިއްޒު ކެމްޕޭން ކުރައްވަމުން ގެންދަވަނީ ވެސް އެގޮތަށް ކަމަށެވެ.

"ކެމްޕޭނުތަކުގައި ދަތުރުކުރާއިރު ވެސް ކިރިޔާވެސް ނުރުހޭ ވާހަކައެއް ބުނެފިއްޔާ އެއިން މީހަކާ ބައްދަލެއް ނުކުރޭ. އެކަހަލަ ގޮތަކަށް ކެމްޕޭންތައް އެ ގެންދަނީ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު މިއަދުވެސް ގެންދަވަނީ ރައްޔިތުންގެ އަޑުއައްސަވައި, ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ, އެކަންކަމަށް ހައްލު ހޯދޭނީ ކިހިނެތްތޯ ބައްލަވައި, އެއަށް ވަގުތުން ފިޔަވަޅު އަޅުއްވަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރާނީ އެގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

އެއްވެސް މީހަކު ބާކީ ނުކޮށް, ތަފާތު ނުކޮށް ކަންކަން ކޮށްދިނުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސިޔާސީ ހިޔާލު ތަފާތުވުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ހުރަހެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.