Advertisement

މަގާމުތަކުގައި ހުންނަވައިގެން މުއިއްޒު ހިންގެވީ ހުސް ޖަރީމާ: މާރިޔާ

1 ސެޕްޓެންބަރު 2023 - 23:49 2

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މިރޭ ބޭއްވި އެމްޑީޕީ ބޮޑު ޖަލްސާގައި މާރިޔާ ވާހަކަ ދައްކަވަނީ؛ މާރިޔާ ވިދާޅުވީ މުއިއްޒު އެކި މަގާމުތަކުގައި ހުންނަވައިގެން ހިންގެވީ ހައްތަހާވެސް ޖަރީމާ ކަމަށް -- ފޮޓޯ: އިޔާން/އަދަދު


މަގާމުތަކުގައި ހުންނަވައިގެން މުއިއްޒު ހިންގެވީ ހުސް ޖަރީމާ: މާރިޔާ

1 ސެޕްޓެންބަރު 2023 - 23:49 2

އެކި މަގާމުތަކުގައި ހުންނަވައިގެން ޑރ. މުހައްމަދު މުއިއްޒު ހިންގެވީ ހައްތަހާވެސް ޖަރީމާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި މާރިޔާ ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް މިނިސްޓަރު ކަމުގައި ހުންނަވައިގެން ވެސް އަދި މާލެ ސިޓީ މޭޔަރުކަމުގައި ހުންނަވައިގެން މުއިއްޒު ހިންގެވީ ޖަރީމާ ކަމަށެވެ. އެ ކަންކަމަކީ ކިޔައި ނުދިނަސް ފެންނަން އޮތް ކަންކަން ކަމަށް ވިދާޅުވި އެވެ.

"ދެހާސް ބާރައިން ފެށިގެން ނޮވެމްބަރު 2018 އަށް ވަޒީރެއްގެ ގޮތުގައި ހުރެ، އަދި މިހާރު މާލެ މޭޔަރަކަށް ހުރެ، އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓް، ޕީއެންސީ ގެ މުއިއްޒު ހިންގާފަވާ ޖަރީމާތައް މާލޭގަ ދިރިއުޅޭ ރައްޔިތުންނަށް ރަގަޅަށް އެނގޭނެ. އަޅުގަނޑު ކޮންމެހެން ދަންނަވާކަށް ނުޖެހޭ." މާރިޔާ ވިދާޅުވި އެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ބޮޑު ޖަލްސާ - ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މުއިއްޒުގެ ޖަރީމާތައް ކަމަށް ވިދާޅުވެ މާރިޔާ ވަނީ 12 ކަމެއް ހިމެނޭ ލިސްޓެއް އިއްވާފަ އެވެ.

  • މާލޭގަ ދިރިއުޅޭ ރައްޔިތުން ފަތަން ރަސްފަންނުން ނަޖިސް ފެންގަނޑެއް ހަދައިދިނީ ކާކުތޯ؟
  • މާލޭގެ ދެކުނު ފަރާތުގައި ނެރެއް ކަނޑާ، މަތިމައްޗަށް އެ ހިނގި އެކްސިޑެންޓްތަކާއި ރައްޔިތުންނަށާއި އެމީހުންގެ އަގުބޮޑު މުދަލަށް ވީ ގެއްލުމަށް ޒިންމާވާންޖެހެނީ ކާކުތޯ؟
  • ގުޅިފަޅުގަ އެޅި ފްލެޓްތަކުގެ އަހުލުވެރިން، ކޯޓު އަމުރަކާ ނުލާ، އެސްއޯ ފުލުހުން އަރުވާ ގަދަކަމުން ބޭލީ ކާކުތޯ؟
  • ބޮޑު އަގު ދީފާ ގެނައި ބޭނުންނުކުރެވޭ މަހާ ޖައްރާފާއަށް ޒިންމާ ނަގަން ޖެހޭނީ ކާކުތޯ؟
  • މާލޭގެ ޕާކިންއަށް ހައްލެކޭ ބުނެ ބޮޑު އަގުގައި ގެނައި، ބާދަގަނޑުގެ ގޮތުގައިވެސް ބޭނުން ނުކުރެވޭ ލިފްޓްތަކަށް ޒިންމާ ވާންޖެހޭނީ ކާކުތޯ؟
  • އެންމެ ޒަމާނީ ހައުސިން ކަމަށް ބުނެ، ރައްޔިތުންނަށް ހުވަފެން ދައްކައި، 600 އަކަފޫޓް ހަމަނުވާ ފްލެޓް ނުއަގުގައި އަޅާ، އެއިން ކޮންމެ ޓަވަރެއްގައި ދިރިއުޅޭ އެތައް 1000 ބަޔަކަށް އެންމެ 3-4 ލިފްޓް ދިނީ ކާކުތޯ؟
  • އިސްލާމީ މަރުކަޒުގައި ޖެހީ މާބްލް ކަމަށްބުނެ، ޖެހި ޓައިލްތަކުން އެތައް ބަޔަކަށް ހާނިކަވުމުން އަޅާނުލާ، ދުވަސްކޮޅެއްނުވެ އެތަނުގައި ރެނދުލާ ހަލާކުވުމުން، އެއީ ފެންވަރު ދެރަ ޓައިލްކަމަށް ބުނެ، ދެވަނަ ފަހަރަށް ބޮޑު އަގުގައި ޓައިލުޖެހީ ކާކުތޯ؟
  • މޮޅު އިންޖިނިއަރަކަށްވެގެން، ބޮޑު އަގުދީފަ ގެނައި ކަދުރު ރުއްތައް މިލާ މޯޅިވެ މަރުވުމުގެ ޒިންމާ ނަގަންޖެހޭނީ ކާކުތޯ؟
  • ހަލޭނަށް ތަސްވީރު ދެއްކި ބްރިޖް، ކުރި ހަރަދަށް ބަދަލެއް ނައިސް، ނިމުނުއިރު 4 ލޭނަށް ބަދަލުވުމުގެ ޒިންމާ ނަގަންޖެހެނީ ކާކުތޯ؟
  • މާލޭގެ ރައްޔިތަކު މަރުވުމުން، އޭނާގެ ގާތްމީހުންނަށް ފަސޭހައިން ޖަނާޒާގައި ބައިވެރި ނުވެވޭނޭ ގޮތް ހަދާ، ދެވަނަ ފަހަރަށް އާ ސަހަރާ ބަންދުކޮށް، މީހުން ވަޅުލުން ހުޅުމާލެއަށް ބަދަލުކުރީ ކާކުތޯ؟
  • ރަސްފަންނުގައި އޮތް ފެންވަރުދަށް ޓްރެކް، ހަދާނުނިމޭ، ދެވަނަފަހަރަށް އެހާމެ ފެންވަރު ދަށްކޮށް، އާސަންދައިން 10 މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުކޮށްގެން ހެދީ ކާކުތޯ؟
  • މާރިޔާ ވިދާޅުވީ ވޯޓު ލާއިރު ދެ ގޮތަކަށް ވޯޓު ލެވިދާނެ ކަމަށާއި، އެއް ގޮތަކީ އަނިޔާވެރި، ހުދުމުހުތާރު ވެރިއަކު ހޮވަން ވޯޓު ދިނުން ކަމަށެވެ. ނޫން ނަމަ ހުލްގުހެޔޮ ހިތްހެޔޮ ވެރިއެއްތޯ ނިންމިދާނެކަމަަށް މާރިޔާ ވިދާޅުވި އެވެ.

    މުއިއްޒުގެ މައްޗަށް މިފަދަ ތުހުމަތުތަކެއް މާރިޔާ ކުރެއްވިއިރު، މުއިއްޒު ތަކުރާރުކޮށް ވިދާޅުވަނީ ގާނޫނާ ހިލާފަށް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ.