Advertisement

ތައިލޭންޑްގެ ކުރީގެ ބޮޑު ވަޒީރުގެ ޖަލު ހުކުމް އެއް އަހަރަށް ބަދަލުކޮށްފި

2 ސެޕްޓެންބަރު 2023 - 06:49 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތަކްސިން ޝިނަވަތްރާ. -- ފޮޓޯ: ރޮއިޓާޒް


ތައިލޭންޑްގެ ކުރީގެ ބޮޑު ވަޒީރުގެ ޖަލު ހުކުމް އެއް އަހަރަށް ބަދަލުކޮށްފި

2 ސެޕްޓެންބަރު 2023 - 06:49 0

ތައިލޭންޑްގެ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވަތްރާގެ މައްޗަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް އެއް އަހަރަށް ބަދަލުކުރަން އެ ގައުމުގެ ރަސްގެފާނު ނިންމަވައިފި އެވެ.

ޝިނަވަތްރާ 15 އަހަރަށް ފަހު ގައުމަށް އެނބުރި ވަޑައިގެންނެވުމާ އެކު އެއަޕޯޓުން ހައްޔަރުކޮށް، ވަގުތުން ކޯޓަށް ގެންގޮސް ހުކުމް ކުރީ މިދިޔަަ މަހު އެވެ.

އޭގެ ފަހުން ހިތުގެ މައްސަކަތަކެއްގެ ޝަކުވާ ހުށަހެޅުމުން ޖަލަށް ގެންދިޔުމުގެ ބަދަލުގައި ސަރުކާރު ހޮސްޕިޓަލެއްގެ ލަގްޒަަރީ ކޮޓަރިއެއްގައި ބަންދުކުރި އެވެ.

ކޮރަޕްޝަނާއި މަގާމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ދައުވާތައް އުފުލުމުން މީގެ ކުރިން ޝިނަވަތްރާ ވިދާޅުވީ އެއީ ސިޔާސީ ދައުވާތަކެއް ކަމަށެވެ.

ޝިނަވަތްރާ ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވީ 2009 އިން ފެށިގެންނެވެ. އޭގެ ދެ އަހަރު ކުރިން އެމަނިކުފާނުގެ ސަރުކާރު ވައްޓާލީ އަސްކަރީ ބަގާވާތަކުންނެވެ.

ޕްރައިވެޓް ޖެޓުގައި ޝިނަވަތްރާ ބެންކޮކަށް ތިރިކުރިތާ މާ ގިނަ ގަޑިއިރުތަކެއް ނުވެ، ޝިނަވަތްރާގެ ފިޔު ތައި ޕާޓީގެ ސްރެއްތާ ތަވިސިން ބޮޑު ވަޒީރުކަމަށް ހޮވުނެވެ.

ފިޔު ތައިއިން މިހާރު ވަނީ 2014 ވަނަ އަހަރު އެ ޕާޓީގެ ސަރުކާރު ވައްޓާލުމުގެ ފަހަތުގައި އޮތް އަސްކަރީ ވާދަވެރިންނާ އެކު ކޯލިޝަން ހަދައިފަ އެވެ.