އަގު އުފުލުން މައިތިރިވެ، އިންފްލޭޝަން 2.3 ޕަސެންޓަށް ވެއްޓިއްޖެ

2 ސެޕްޓެންބަރު 2023 - 07:30 2

އަމަން ހަލީމް

އ

އެއް ރަށުން އަނެއް ރަށަށް މީހުން އުފުލާ ފެރީއެއް: ޖުލައި މަހު އެންމެ އަގު ބޮޑުވީ ކަނޑުދަތުރުތަކުން --- ފޮޓޯ/މުހައްމަދު ޝާބިން


އަގު އުފުލުން މައިތިރިވެ، އިންފްލޭޝަން 2.3 ޕަސެންޓަށް ވެއްޓިއްޖެ

2 ސެޕްޓެންބަރު 2023 - 07:30 2

މިދިޔަ ޖުލައި މަހުގެ ތެރޭގައި އޭގެ ކުރީ މަހަށް ވުރެ ތަކެއްޗާއި ހިދުމަތުގެ އަގުތައް އުފުލުނު ނަމަވެސް، އަހަރުން އަހަރަށް އިންފްލޭޝަން ހުރި މިންވަރު 2.3 ޕަސެންޓުގައި ހިފެހެއްޓިފައިވާ ކަމަށް ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އެންމެ ފަހުން އާންމުކުރި ޖުލައި މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓުން ދައްކާ ގޮތުގައި ޖުލައި މަހު ތަކެތީގެ އަގުތައް ވަނީ ޖޫން މަހަށް ވުރެ 0.06 ޕަސެންޓު މައްޗަށް ޖެހިލާފަ އެވެ. އޭގެ ކުރީ މަހު އިންފްލޭޝަން ހުރީ 0.10 ޕަސެންޓުގަ އެވެ.

ޖުލައި މަހުގެ ތެރޭގައި އެންމެ ބޮޑަށް އަގު އުފުލުނީ ކަނޑުދަތުރުފަތުރާއި ތަރުކާރީގެ ބާވަތްތަކުންނެވެ. އަގު އުފުލުނު އިތުރު ބާވަތްތަކުގެ ތެރޭގައި ހިމެނެނީ މޭވާ އާއި މަހުގެ ބާވަތްތަކާއި އެއްގަމު ދަތުރުފަތުރެވެ. އެންމެ ބޮޑަށް އަގު ވެއްޓުނީ ކަރަންޓާއި ވައިގެ ދަތުރުފަތުރުތަކުންނާއި މުވާސަލާތީ ހިދުމަތްތަކުންނެވެ.

ޖުލައިގައި އަގު އުފުލުނު ބާވަތްތައް

  • ކަނޑުދަތުރުފަތުރު - %13.57
  • ތަރުކާރީ - %4.17
  • މޭވާ - %0.93
  • މަސް - %0.33

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


އަހުމަދު

over 1 year ago

މީ ވޯޓާ ގުޅިގެން ލިޔެފައިވާ ކަނޑައެޅިގެން ދޮގު ރިޕޯޓެއް. ތަރުކާރީ އާއި މޭވަގެ އަގު ވެސް މިވަނީ މިހާރު 20 އިންސައްތަ އިތުރުވެފަ.

އަހްމަދު

over 1 year ago

މުޅިން ދޮގު