Advertisement

މާދަމާ ރޭ މާލޭގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއް ބާއްވަނީ

31 އޮގަސްޓު 2023 - 14:37 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


މާދަމާ ރޭ މާލޭގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއް ބާއްވަނީ

31 އޮގަސްޓު 2023 - 14:37 0

އެމްޑީޕީގެ ކެމްޕެއިން ބޮޑު ޖަލްސާ މާދަމާ ރޭ ބާއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސޯލްޓް ރެސްޓޯރެންޓުގައި މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަަ ދައްކަމުން މާރިޔާ ވިދާޅުވީ މާދަމާ ރޭ ކާނިވާ ސަރަހައްދުގައި މާލޭގެ ބޮޑު ޖަލްސާ ބާއްވާނެ ކަމަށެވެ. އަދި މި ޖަލްސާއަކީ އިދިކޮޅު ކޯލިޝަނުގެ ސަޕޯޓަރުންވެސް އަޑުއެހުން މުހިއްމު ޖަލްސާއެއް ކަމަށާއި އެ ޖަލްސާގައިި ރައީސް ސޯލިހު މާލެއާ ދޭތެރޭ ގެންގުޅުއްވާ ތަސައްވުރު ވަރަށް ރަނގަޅަށް ހާމަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މާރިޔާ ވަނީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު މާލެއާ ދޭތެރޭ ގެންގުޅުއްވި އުސޫލުތަކަށްް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޑރ. މުއިއްޒު އެމްޑީޕީގެ ސިޔާސަތުތައް ކޮޕީކުރައްވާ ވާހަކަ ތަކުރާރުކުރައްވަމުން މާރިޔާ ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނަވައި ރައްޔިތުންނަށް މުއިއްޒު ދިނީ އަނިޔާ ކަމަށާއި އެ އަނިޔާގެ ވާހަކަ އަބަދުވެސް ދައްކާނެ ކަމަށެވެ.

"އެލް ބޯޑު ޖަހައިގެން މާލޭގެ ރައްޔިތުންގެ ޖީބަށް އެންމެ ބުރަވާނެ ގޮތައް ފްލެޓްތައް ދިނީމަ އެ އަގު ހެޔޮކޮށްލަދޭށޭ ބުނެ އާދޭސްކުރީމަވެސް އެ އަޑު ނާހާ މީހެއް އެމީހުން ކެންޑިޑޭޓަކަށް ނެރެފަ އެހެރީ" މާރިޔާ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަަރު މާރިޔާ އަހުމަދު ދީދީ---ފޮޓޯ:އިޔާން/އަދަދު


މާރިޔާ ވިދާޅުވީ ޔާމީން ސަރުކާރުގައި މިރާއްޖޭގައ އޮތް އަނިޔާވެރިކަމާއި ބިރުވެރިކަމަށް އަލުން ރުޖޫއަވާން ދިވެހިން ބޭނުން ނުވާކަމަށާއި ޑރ. މުއިއްޒުގެ ކެމްޕޭނުގައިވެސް އަންހެނުން ޖަލަށްލާނެ ކަމަށް ވިދާޅުވެ ބިރު ދައްކަމުންދާ ކަމަށެވެ.

އަދި އެ ޕީޕީއެމްއަކީ ޑިފެންސް މިނިސްޓަރުން ހައްޔަރުކޮށް ޖަލަށްލުމުގެެ މާޒީ އޮތް ބައެއް ކަމަށާއި އޭރު ޑިފެންސް މިނިސްޓަރަށް ހުންނެވި ކާނަލް މުހައްމަދު ނާޒިމް ހައްޔަރުކޮށް ޖަލަށްލުމުންވެސް ދޫކޮށްލީ މި ސަރުކާރުން ކަމަށް މާރިޔާ ވިދާޅުވި އެވެެ.

"އަޅުގަނޑު މިދަންނަވަނީ އަނިޔާވެރިކަމާއި، ބިރުވެރިކަމާއި، ނާމާންކަން ކެންޕޭން ތެރޭގައި އަދި ވެރިކަމަށް ރަނގަޅަށް ނާދެވޭ އެ ދައްކަނީ އަންހެނުން ހައްޔަރުކުރާ ވާހަކަ. އަޅުގަނޑުމެން ބަސްބުނީމަ އެކަން ހަޖަމް ނުކުރެވޭ ވަރު ރޭގައި ފެނިގެން މިދިޔައީ" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ އަންހެނުން ސިޔާސީ ދާއިރާއަށް ބާރުވެރިކުރުވުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް އިންތީހާބުގައި ރައްޔިތުން ވޯޓުލާއިރު މިކަންތަކަށް ވިސްނަންޖެހޭ ކަމަށާއި އަނިޔާވެރިކަމަށް ނޫނެކޭ ބުނަންޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.