Advertisement

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިސްލާމިކް ބޭންކެއް އުފައްދަނީ

31 އޮގަސްޓު 2023 - 20:06 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިސްލާމިކް ބޭންކެއް އުފައްދަނީ

31 އޮގަސްޓު 2023 - 20:06 0

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިސްލާމިް ބޭންކެއް ގާއިމުކުުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން ހާމަކޮށްފި އެވެ.

އެސްޑީއެފްސީގެ އާ ލޯނު ޕްރޮޑަކްޓުތައް ލޯންޗުކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޯޕަރޭޝަނުގެ ސީއީއޯ ނާޒިމް ހަބީބު ވިދާޅުވީ ބޭންކިން ލައިސަންސް ހޯދުމަށް އެެމްއެމްއޭ އަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ ކޮންސަލްޓެންޓެއްގެ އެހީގައި ކުރަމުންދާ ކަމަށެވެ.

"ލައިސަންސް ނެގުމަށް އެމްއެމްއޭ އަށް ހުށަހަޅަންޖެހޭ ޑޮކިއުމެންޓޭޝަންގެ މަސައްކަތް ކުރަމުން މިދަނީ. އެކަމަށްޓަކައި އަޅުގަނޑުމެންނާއެކު އެއްކޮށް އިންޓަނޭޝަނަލް ކޮންސަލްޓެންޓުން މިހާރު މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވިގޮތުގައި އެހެން ކޮމާޝަލް ބޭންކުތަކުން ލިބޭ ހުރިހާ ހިދުމަތެއް އެ ބޭންކުންވެސް ލިބޭނެ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެ ބޭންކު އުފެއްދޭނެ ކަމަށް އުއްމީދުކުރާކަމަށް ވިދާޅުވި އެވެ.

އިސްލާމިކް ފައިނޭންސާއި ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ދެވޭ އެހެނިހެން މާލީ ހިދުމަތްތަކަށް އާ ޓިޔާ-ވަން އެސްއެމްއީ އިސްލާމިކް ބޭންކެއް ގާއިމުކޮށް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ހިމެނޭ "އިގުތިސާދީ ބޮޑު ބަދަލު" ސިޔާސަތުގައި ހިމެނޭ ކަމެކެވެ.

އަދި ކުދި ވިޔަފާރިތަކަށް ހާއްސަކޮށް އިސްލާމިކް ފައިނޭންސިން ފުޅާކޮށް، އިތުރު ޕްރޮޑަކްޓްތައް ތައާރަފުކުރުމަށްވެސް އެ މެނިފެސްޓޯގައި ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރަހުނު އަދި އިކުއިޓީއާ ނުލައި ފައިނޭންސިން ފޯރުކޯށްދިނުން މިހާރަށްވުރެ ފުޅާކޮށް، އެގޮތުގެ މަތިން އިތުރު ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މައިކްރޯފައިނޭންސިން ސްކީމުތައް ތައާރަފުކޮށް، އެ ސްކީމުތަކުގެ ދަށުން ގޭގައި މަސައްކަތްކުރާ އަންހެނުންނަށާއި ޒުވާނުންނަށް ހާއްސަ އިސްކަމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.