Advertisement

މަތިވެރި ފިނޮޅު މަތިވެރީގެ އިހުތިސާސްގެ ދަށަށް، ގާއެރިފަޅު ހިންނަވަރުގެ ދަށަށް

31 އޮގަސްޓު 2023 - 10:10 0

އަމަން ހަލީމް

އަމަން ހަލީމް

އއ. މަތިވެރި އާއި އެ ރަށުގެ އިހުތިސާސްގައި ހިމެނި މަތިވެރި ފިނޮޅު -- ފޮޓޯ/ގޫގުލް އާތު


މަތިވެރި ފިނޮޅު މަތިވެރީގެ އިހުތިސާސްގެ ދަށަށް، ގާއެރިފަޅު ހިންނަވަރުގެ ދަށަށް

31 އޮގަސްޓު 2023 - 10:10 0

އއ. މަތިވެރީގެ އިހުތިސާސްގައި މަތިވެރި ފިނޮޅު އަދި ހިންނަވަރުގެ އިހުތިސާސްގައި ގާއެރިފަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޙިމަނުއްވައިފި އެވެ.

މި ފަޅު ރަށްތައް ރަށު ކައުންސިލުތަކުގެ އިހުތިސާސްގައި ހިމެނުއްވީ ރައީސް ސޯލިހު އިއްޔެ ނެރުއްވި ގަރާރަކުންނެވެ.

މަތިވެރި ފިނޮޅު

މަތިވެރި ފިނޮޅަކީ މަތިވެރި ކައިރީގައި އޮންނަ ކުޑަކުޑަ ރަށެކެވެ. މި ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމަށް މަތިވެރީގެ އިހުތިސާސްގައި ހިމަނައިދިނުމަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.

އެގޮތުން މީގެ ދެ ހަފުތާ ކުރިން ރައީސް ސޯލިހު ވަނީ ރިޔާސީ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި އެކަން ކޮށްދެއްވަން ވައުދުވެޑައިގެންފަ އެވެ.

މަތިވެރީ ފިނޮޅަކީީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ރަށެކެވެ. މި ރަށް ފުރަތަމަ ކުއްޔަށް ދޫކުރީ އިންޓަނޭޝަނަލް ޓްރެވަލް ކޮންސަލްޓަންސީސް ކިޔާ ކުންފުންޏަކަށެވެ. އޭރު އެ ކުންފުނީގައި ތިބީ ބޭރު ދެ ހިއްސާދާރެކެވެ.

މިހާރު މި ކުންފުނީގެ ވެރިޔަކީ އެ މީހުންގެ އަތުން ކުންފުނީގެ ހިއްސާތައް ގަތް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. އޭނާ އެ ތަނުގައި 100 އެނދުގެ ރިސޯޓެއް ތަރައްގީކުރާ ވާހަކަ އިއުލާން ވެސް ކުރެއްވި އެވެ.ނަމަވެސް ފަހުން ސަރުކާރުން ވަނީ މި ރަށް އޭނާ އަތުން އަތުލައި ބަދަލުގައި މާލެ އަތޮޅު ގާފަރު ކައިރިން ފަޅެއް ދޫކޮށްފަ އެވެ.

ގާއެރިފަރު

ގާއެރިފަރަކީ ހިންނަވަރު ކައިރީގައި އޮންނަ ތިން ހެކްޓަރުގެ ރަށެކެވެ.

ހިންނަވަރާއި އެ ރަށުގެ އިހްތިސާސްގައި ހިމެނި ގާއެރިފަޅު -- ފޮޓޯ/ގޫގުލް އާތު


މި ރަށަކީ 2016 ގައި އޯޝަން ކޯޓިއާ ޕްރޮޕަޓީސް ލިމިޓެޑް ކިޔާ ކުންފުންޏަކަށް މެރިކަލްޗާ އާއި އެކުއަކަލްޗާ މަސައްކަތް ކުރަން 21 އަހަރަށް ދޫކުރި ރަށެކެވެ. މިހާރު މި އެއްބަސްވުން ބާތިލުކުރީ ކަމެއް ނޫން ކަމެއް ސާފެެއް ނޫނެވެ.

ސަރުކާރުގެ ލާމަޒުކަރުކުރުމުގެ ސިޔާސަތުގެ ދަށުން މީގެ ކުރިން އެހެން ރަށްތައް ވެސް ރަށްރަށުގެ ކައުންސިލުގެ އިހުތިސާސްގައި ހިމަނާފައި ވެ އެވެ.