Advertisement

ނ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ނޮވެމްބަރު 17 ގެ ކުރިން ފަށާނެ: އާޒިމް

30 އޮގަސްޓު 2023 - 18:15 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާރުޓީއެލް ފެރީއެއް : ނ. އަތޮޅުގައި އާރުޓީއެލް ގެ ހިދުމަތް ފެށުން ނޮވެމްބަރު 17 ގައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ނ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ނޮވެމްބަރު 17 ގެ ކުރިން ފަށާނެ: އާޒިމް

30 އޮގަސްޓު 2023 - 18:15 0

ނ. އަތޮޅުގައި މި ސަރުކާރުން ތައާރަފު ކުރި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ގެ ހިދުމަތް އަންނަ ނޮވެމްބަރު 17، ގައި ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ ގދ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުން ރަސްމީކޮށް ފާހަގަކުރުމަށް މިއަދު އެ އަތޮޅުގެ ވެރިރަށް ތިނަދޫގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

ރިޔާސީ ކެމްޕޭނުގައި މި މަހު ނ. އަތޮޅަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރު ތެރޭ އެ އަތޮޅުގައި ފަށްޓަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

"އާރުޓީއެލްގެ ހިދުމަތް ދެން އަންނާނީ ނ. އަތޮޅަށް. މިހާރު ވަނީ އެކަމަށް ބޭނުންވާ ލޯންޗު ބަނުމަށް ކޮންޓްރެކްޓް ކޮށްފައި. އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން މި އަތޮޅުގައި އެ ހިދުމަތް ފެށިގެން ދިޔުން," ކުރިން ރައީސް ވިދާޅުވެފައިވެ އެވެ.

"17 ނޮވެމްބަރު ވާ ހުކުރު ދުވަހު މަނިކުފާނު ދެވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ކުރިން އޮންނާނީ ނ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށިފަ."

އެންމެ އުތުރުގެ ތިން އަތޮޅުގައި އެ ހިދުމަތް މިހާރު ފަށާފައިވީ ނަމަވެސް ނ. އަތޮޅުގައި ނުފަށައި އެހެން ބައެއް ދެކުނުގެ އަތޮޅުތަކުގައި އެ ހިދުމަތް ފެށުމުން އެ އަތޮޅު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުއްޓެވެ.

ނަމަވެސް ނ. އަތޮޅު ޅޮހީގައި ހުންނަވާ ރައީސް ވިދާޅުވީ އާރުޓީއެލް އާއެކު ރަށްތަކަށް ހީނުކުރާ ވަރުގެ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި އެކަން ބޮޑު ތިލަދުންމަތިންނާއި ހުވަދޫ އަތޮޅުން ފެންނަމުންދާ ކަމަށެވެ. އަދި, ނ. އަތޮޅުގެ ރަށްތަކަށް ވެސް އޭގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޖުމްލަ 69 ރަށް އޮންނަ ނ. އަތޮޅުގައި މީހުން ދިރިއުޅެނީ 13 ރަށުގަ އެވެ. އެ އަތޮޅުގައި އެއާޕޯޓު އޮންނަނީ ނ. މާފަރުގަ އެވެ. އާރުޓީއެލްއާއެކު މި ހުރިހާ ރަށެއް އެއް ފެރީ ވިއުގައަކުން ގުޅާލާނެ އެވެ.

އާރްޓިއެލް ފެރީގެ ހިދުމަތް މިހާރު ފަށާފައި ވަނީ އެންމެ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ދެކުނުން ގއ. އަދި ގދ. އަތޮޅު އަދި އައްޑޫ އާއި ފުވައްމުލަކު ސިޓީގަ އެވެ. މި މަޝްރުއޫގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ޖެނުއަރީ، 2021 ގަ އެވެ.

އޭގެ އިތުރުން ރޭ ލ. ގަމުގައި ހުންނަވާ ރައީސް ސޯލިހު ވަނީ މި އަހަރު ތެރޭގައި އެ އަތޮޅުގައި ވެސް އާރުޓީއެލްގެ ހިދުމަތް ފެށިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، މިއަދުގެ ހަފުލާގައި އާޒިމް ވަނީ އަންނަ ހަފުތާގައި ހއ. ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތްވެސް ފެށިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.