Advertisement

ތިމާވެށްޓަށް ގެއްލުން ލިބޭތީ ނާޅަން ނިންމި ފައިނު އެއާޕޯޓު އަޅައިދޭން މުއިއްޒު ވައުދުވެއްޖެ

30 އޮގަސްޓު 2023 - 11:34 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޮޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު : ތިމާވެށްޓަށް ގެއްލުން ލިބޭތީ ނާޅަން ނިންމި ފައިނު އެއާޕޯޓު އަޅައިދޭން މުއިއްޒު ވައުދުވެއްޖެ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ތިމާވެށްޓަށް ގެއްލުން ލިބޭތީ ނާޅަން ނިންމި ފައިނު އެއާޕޯޓު އަޅައިދޭން މުއިއްޒު ވައުދުވެއްޖެ

30 އޮގަސްޓު 2023 - 11:34 0

ތިމާވެއްޓަށް ލިބޭ ގެއްލުންތައް ބޮޑުވުމުން މި ސަރުކާރުން ރ. ފައިނުގައި ނޭޅުމަށް ނިންމި އެއާޕޯޓު ޕީއެންސީގެ ވެރިކަމެއްގައި އަޅައިދިނުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ ކެމްޕޭނުގައި މިއަދު ރ. އިނގުރައިދޫއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އެ އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއާޕޯޓު، އޭނާގެ ވެރިކަމެއްގައި އަޅާނީ ފައިނުގައި ކަމަށެވެ.

"ރައީސް ޔާމީނުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ނިންމެވި ފައިނުގައި އެއާޕޯޓެއް އަޅަން، މަސައްކަތްތަކެއްވެސް ފެށި، އެ އެއާޕޯޓަކީ ހަރަދުގެ ގޮތުން ބަލާއިރު ބިން ހިއްކުން އޭގަ ވަރަށް ކުޑަ މަޝްރޫއެއް"

މުއިއްޒު ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ފައިނު އަދި އެ އަތޮޅުގެ ދެކުނު ބިތުގެ ރަށްތަކަށާއި އެ ސަރަހައްދުގައި ހުރި އަދި ހުޅުވޭނެ ރިސޯޓުތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިއްބައިދޭނެ މަޝްރޫއަކަށް ވާނެ ކަމަށެވެ.

އެހެންކަމުން އަޅުގަނޑު މިތަނުގަ ދަންނަވާލާނަން އިރާދަކުރެއްވިއްޔާ ފައިނުގަ އެއާޕޯޓު އެޅުމަކީ އަޅުގަނޑުމެން ކުރިއަށް ގެންދާނެ މަޝްރޫއެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފައިނު އެއާޕޯޓު އެޅުމަށް ނިންމާ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ވެސް ހެދި އެވެ. އެ ރިޕޯޓުން ދެއްކި ގޮތުން ފައިނުގައި އެއާޕޯޓު އެޅުމަށް 5،792 ގަސް ކަނޑަން ޖެހެ އެވެ. ނަމަވެސް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އޭރު ބުނީ އެ އީއައިއޭ ފުރިހަމަ ނޫން ކަމަށެވެ. އެހެންކަމުން ކަނޑަން ޖެހޭ ގަހުގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

އޭރުގެ ރިޕޯޓުން ދައްކާ ގޮތުން ފައިނުގައި އެއާޕޯޓު އަޅާނަމަ އެ ރަށުގައި ހުރި 20 މީޓަރުގެ ބޮޑު 20 ނިކަ ގަހާއި 29 މީޓަރުގެ ފުނަ ގަހެއްވެސް ކަނޑަން ޖެހެ އެވެ. މިކަންކަމާ ދެކޮޅަށް 'ސޭވް ފައިނު' ގެ ނަމުގައި އޭރު ހަރަކާތެއް ހިންގާ ރައްޔިތުން އަޑުވެސް އުފުލި އެވެ.

އެއަށްފަހު މި ސަރުކާރުން އެ ރަށުގައި އެއާޕޯޓު ނޭޅުމަށް އެޕްރީލް 16، 2019 ގަ އެވެ. ސަބަބެއް ކަމުގައި ބުނީ ތިމާވެށްޓަށް ލިބޭނެ ކަމަށް ފެންނަ ގެއްލުމެވެ. ރ. އަތޮޅު ދެކުނު ބުރީގައި އެއާޕޯޓެއް އެޅުމަށް މި ސަރުކާރުންވެސް ވައުދުވީއިރު، އެ އެޕާޓު އަޅާނީ އެ އަތޮޅު ބެރިޔަންފަރުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި އަހަރު ޖޫން، ހަތަރެއްގަ އެވެ.

"ވައިގެ މަގުން ރާއްޖެ ގުޅާލުމުގެ މަސައްކަތް މުޅި ރާއްޖޭގައި އެދަނީ ކުރިއަށް. މިމަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބިތަށް އިތުރުކުރެވޭ އެއާޕޯޓު އަޅާނީ އެއަތޮޅު ބެރިޔަންފަރުގައި،" ސ. ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.