Advertisement

ސޮނީ ސްޕޯޓްސްގެ ވިޔަފާރިއަށް ހާއްސަ އެޕެއް ތައާރަފުކުރަނީ

28 އޮގަސްޓު 2023 - 12:51 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރަ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ސޮނީ ސްޕޯޓްސްގެ ވިޔަފާރިއަށް ހާއްސަ އެޕެއް ތައާރަފުކުރަނީ

28 އޮގަސްޓު 2023 - 12:51 0

މަޝްހޫރު ސްޕޯޓްސް ބްރޭންޑްތަކުގެ އުފެއްދުންތައް ވިއްކާ ސޮނީ ސްޕޯޓްސްއިން އޮންލައިންކޮށް ވިޔަފާރި ކުރެވޭ އެޕެއް ތައާރަފުކުރަން ނިންމައިފި އެވެ.

ސޮނީ ސްޕޯޓްސްއިން ބުނީ މި އައު އެޕާއިއެކު ސޮނީ ސްޕޯޓްސްގެ ފިހާރަތަކުން ލިބެން ހުންނަ ހުރިހާ އުފެއްދުމެއް ގޭގައި ހުރެގެން ބަލައި، ވިޔަފާރިކޮށްލެވޭނެ ކަމަށެވެ.

އޭގެ އިތުރުން އެ އެޕުގައި ދިވެހިންނާއި ގުޅޭ، ސިއްހަތަށް ފައިދާހުރި ކާނާގެ ތަފްސީލުގެ އިތުރުން، ކެއުން މެނޭޖް ކުރެވޭ ހާއްސަ "ފުޑް ލޮގް" އެއް ވެސް ހިމަނާފައިވާނެ ކަމަށް ސޮނީ ސްޕޯޓްސްއިން މައުލޫމާތު ދެ އެވެ.

މި އެޕު ބޭނުންކޮށްގެން ސޮނީ ސްޕޯޓްސްގެ ކަސްޓަމަރުންގެ ލޯޔަލްޓީ ކާޑަށް ޕޮއިންޓު އެޑް ކުރެވޭނެ އެވެ.

ސޮނީ ސްޕޯޓްސް އެޕް ރަސްމީކޮށް ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު އެއްވަނަ ދުވަހުގެ 20:00 ގަ އެވެ.

މި ލިންކް މެދުވެރިކޮށް ސޮނީ ސްޕޯޓްސް އެޕް ޑައުންލޯޑް ކުރެވޭނެ އެވެ.