27 އޮގަސްޓު 2023 - 19:18 0
އަމަން ހަލީމް
27 އޮގަސްޓު 2023 - 19:18 0
އެއާޕޯޓުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު (އޭވްސެކް) ގެ އޮފިސަރުންގެ ތަމްރީނާއި ތަޖުރިބާ އިތުރުކުރުމަށް ސްޓަޑީ ޓުވާއެއްގައި އިންޑިއާއަށް މިއަދު ފުރައިފި އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މި ޓުވާގައި ބައިވެރިވާ އޭވްސެކްގެ މުވައްޒަފުންނާ ޓިކެޓުތައް ހަވާލުކޮށްދެއްވީ، އެކަމަށްޓަކައި އެމްއޭސީއެލްގެ ކޯޕަރޭޓް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު މުނޫ މަހާވަރު އެވެ.
މިއީ މި ސްޓަޑީ ޓުވާގައި އޭވްސެކްގެ އޮފިސަރުން ފޮނުވާ ދެވަނަ އަހަރެވެ. އެގޮތުން މިދިޔަ އަހަރު 20 އޮފިސަރަކު މި ޓުވާގައި ބައިވެރިވާއިރު، ރާއްޖޭގައި އޮންނަ ކޮންމެ އެއާޕޯޓަކުން މަދުވެގެން އެއް އޮފިސަރަކު ހިމެނޭހެން 30 އޮފިސަރުން ބައިވެރިވާނެ ކަމަށް އޭވްސްކޮމްއިން ބުންޏެވެ.
މިގޮތަށް ހިންގާ ޓުވާތަކުގެ ބޭނުންތެރިކަމުގެ މައްޗަށްް އަލިއަޅުވާލަމުން އޭވްސެކްގެ ޑިރެކްޓަރު އަލީ އަސްގަރު ވިދާޅުވީ، ބަދަލުވަމުންދާ ދުނިޔޭގެ ހާލަތާ އެކީ ފާޅުވަމުން އަންނަ ނުރައްކާތަކަށް ފާރަވެރި އޮފިސަރުންތަކެއް ތިބުން މުހިންމު ކަމަށެވެ. އަދި މިކަން ފަހިކޮށްދޭން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ގުޅިގެން ވަމުންދާ އެހީއަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
Comment