Advertisement

ހާއްސަ ޑިސްކައުންޓަކާއިއެކު ސޮނީގެ "ސޮނީ ސްޕޯޓްސް ލައިފްސްޓައިލް" ފިހާރަ ހުޅުވައިފި

26 އޮގަސްޓު 2023 - 10:41 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރަ -- ފޮޓޯ: އަބްދުﷲ އިޔާން


ހާއްސަ ޑިސްކައުންޓަކާއިއެކު ސޮނީގެ "ސޮނީ ސްޕޯޓްސް ލައިފްސްޓައިލް" ފިހާރަ ހުޅުވައިފި

26 އޮގަސްޓު 2023 - 10:41 0

"ނައިކީ" ބްރޭންޑަށް ހާއްސަ، "ސޮނީ ސްޕޯޓްސް ލައިފްސްޓައިލް" ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

އިއްޔެ ރޭ ހުޅުވި މި ފިހާރަ ހުންނަނީ މަޖީދީ މަގުގަ އެވެ. ސޮނީ އިން ބުނީ މިއީ ރާއްޖޭގައި ނައިކީގެ ގިނަ އުފެއްދުންތަކެއް އެއް ފުރާޅެއްގެ ދަށުން ލިބެން ހުންނަ ފުރަތަމަ ފަހަރަށް ވެގެންދާނެ ކަމަށެވެ.

މި އައު ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ސޮނީ ސްޕޯޓްސްއިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެއް ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮމޯޝަނުގެ ދަށުން 30 ފަސަންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.


ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރަ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރައިގައި ދުވުމާއި ފުޓުބޯޅަ އަދި އެކި އެކި ކުޅިވަރުތަކަށާއި ކުޅުންތެރިންނަށް ބޭނުންވާ ފެންވަރު ރަނގަޅު ވަސީލަތްތަކާއި އުފެއްދުންތައް ލިބެން ހުންނާނެ އެވެ.

މި ފިހާރަ ހުޅުވާފައި ހުންނަ ގަޑިތަކަކީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 14:00 އިން އިރުއޮއްސި 18:00 އަށެވެ. މީގެ އިތުރުން ރޭގަނޑު 20:00 އިން 22:00 އަށް ވެސް ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރަ ހުޅުވާފައި ހުންނާނެ އެވެ.