Advertisement

އުކުޅަހު ބިން ހިއްކުން ނިންމައި ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަޝްރޫއު ފަށައިފި

25 އޮގަސްޓު 2023 - 17:48 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އއ.އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫއު ނިމިފައި. ފޮޓޯ: އެމްޓީސީސީ


އުކުޅަހު ބިން ހިއްކުން ނިންމައި ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަޝްރޫއު ފަށައިފި

25 އޮގަސްޓު 2023 - 17:48 0

އއ. އުކުޅަހުގައި އެމްޓީސީސީން ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަސައްކަތް ނިންމައި އެއަތޮޅު ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަޝްރޫއު ފަށައިފި އެވެ.

މިމަހުގެ ހަވަނަ ދުވަހު ފެށި، އުކުޅަހު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 12 ހެކްޓަރުގެ ސަރަހައްދެއް ހިއްކައި 1054 މީޓަރަށް ރިވެޓްމެންޓު ޖަހާގަފައި ވެ އެވެ. ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށް ޓަކައި 80 މީޓަރުގެ ހުރަސް ތޮށްޓެއް ވެސް އެ މަޝްރޫއުގެ ދަށުންލި އެވެ.

އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިމުނީ ވަނީ އިއްޔެ އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެ އަތޮޅު ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

ނުވަ ހެކްޓަރުގެ ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަޝްރުއޫގެ ދަށުން 11.8 ހެކްޓަރުގެ ބިން ހިއްކުމާއި 1379 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުން އަދި 117 މީޓަރު ސަރަހައްދެއްގައި ބޮޑުހިލަޖެހުމުގެ މަސައްކަތް އަދި، 161 މީޓަރުގެ ބްރޭކްވޯޓާއެއް ގާއިމްކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަސައްކަތް ވެސް އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.