Advertisement

ސްޕެއިންގެ ފުޓްބޯޅަ ރައީސް އެ ގައުމުގެ އަންހެން ޓީމު ކުޅުންތެރިއަކަށް ބޮސްދިން މައްސަަލަ ފީފާ އިން ބަލަނީ

24 އޮގަސްޓު 2023 - 21:00 0


ސްޕެއިންގެ ފުޓްބޯޅަ ރައީސް އެ ގައުމުގެ އަންހެން ޓީމު ކުޅުންތެރިއަކަށް ބޮސްދިން މައްސަަލަ ފީފާ އިން ބަލަނީ

24 އޮގަސްޓު 2023 - 21:00 0

މެޑްރިޑް (އޮގަސްޓް 24) - ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަން ރައީސް ލުއިސް ރުބިއާލެސް، ފީފާ ވިމެންސް ޥޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިން އިން ހޯދުމުން ޕޯޑިއަމްގައި ހުރެ، އެ ގައުމުގެ ފުޓްބޯޅަ ތަރި، ޖެނީ ހާމޯސޯ އަށް ބޮސްދިން މައްސަލަ، ފީފާ ޑިސިޕްލިނަރީ ކޮމިޓީން ބަލަން ފަށައިފި އެވެ.

މީގެ ހަތަރު ދުވަސް ކުރިން، އިންގްލެންޑް އަތުން 1-0 އިން މޮޅުވެ، ސްޕެއިނުން ފުރަތަމަ ފަހަރަށް ވިމެންސް ވޯލްޑް ކަޕް ތަށި އުފުލާލިއިރު، އެ މެޗަށް ފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން ސްޕެއިންގެ ފުޓްބޯޅަ ރައީސް، ރުބިއާލެސް ވަރަށް ބޮޑަށް އުފާފާޅުކުރިއިރު، ކުުޅުންތެރިންނާ ގައިގޯޅިވެގެން އުޅުނު ގޮތުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި އެކަމުގެ ތެރެއިން ރުބިއާލެސް ވަނީ ހާމޯސޯ އަށް ބޮސްދީފަ އެވެ.

އެކަމާ މެދު ފަހުން ހާމޯސޯ ވެސް ހިތްހަމަނުޖެހުން ފާޅުކުރިއިރު، ގިނަ ބަޔަކު އަންނަނީ ރުބިއާލެސް މަގާމުގައި ދެމިހުރުމަކީ "ހުތުރު ކަމެއް"ގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކައިފަ އެވެ. އޭގެ ތެރޭގައި ސްޕެއިންގެ ސަރުކާރުގެ އޮފިޝަލުންނާއި މިނިސްޓަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މި ހުރިހާ ކަމަކާއި ފާޑުކިޔުންތަކާ ހުރެ، ރުބިއާލެސް މާފަށް އެދުނު ނަމަވެސް އޭނާ މަގާމުން ވަކިކުރަން ޖެހޭ ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ޝުއޫރުފާޅުކުރަމުންނެވެ. އަދި ހާމޯސޯގެ ދިފާއުގައި ކުޅުންތެރިންގެ ހައްގުގައި މަސައްކަތްކުރާ ޔޫނިއަންތަކުން ތެދުވުމާ އެކު، ފީފާ ޑިސިޕްލިނަރީ ކޮމީޓީން ވެސް މައްސަލަ ބަލަން ފެށީ އެވެ.

އޭގެ އިތުރުން މާދަމާގެ ވަގުތެއްގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ވެސް ކުއްލި ބައްދަލުވުމެއް ތާވަލުކޮށްފައިވާއިރު، ރުބިއާލެސް މަގާމުން އިސްތިއުފާ ދޭން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.