Advertisement

ސްޓާލިންކަށް އިންޓަނެޓް ހިދުމަތް ދިނުމުގެ ލައިސެންސް ދީފި

24 އޮގަސްޓު 2023 - 18:16 0

އަމަން ހަލީމް

އަމަން ހަލީމް

ކޮމިއުނިކޭޝަންސް މިނިސްޓަރު އައިމިނަތު ޝައުނާ ސްޓާލިންކުގެ އިންޓަނެޓް ހިދުމަތް ދިނުމުގެ ލައިސެންސް ހަވާލުކޮށްދެއްވަނީ: ޓާލިންކުގެ ފަރާތުން ލައިސެންސާ ހަވާލުވެވަޑައިގަތީ ސްޕޭސްއެކްސް ކުންފުނީގެ ސީނިއާ ޑިރެކްޓާ ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން، ރަޔަން ގުޑްނައިޓް --


ސްޓާލިންކަށް އިންޓަނެޓް ހިދުމަތް ދިނުމުގެ ލައިސެންސް ދީފި

24 އޮގަސްޓު 2023 - 18:16 0

ސެޓެލައިޓް ޓެކްނޮލޮޖީގެ ޒަރިއްޔާއިން އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ސްޓާލިންކް ސާވިސަސްއަށް ރާއްޖޭގައި އިންޓަނެޓް ހިދުމަތް ދިނުމުގެ ލައިސެންސް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މިއަދު ދޫކޮށްފި އެވެ.

ސްޓާލިންކަކީ މަހުޖަނު އަދި ސްޕޭސްއެކްސް އާއި ޓެސްލާގެ ބާނީ އީލޮން މަސްކުގެ ކުންފުންޏެކެވެ. ކޭމްއިން ލައިސެންސް ދޫކުރީ، މި ހިދުމަތް ދިނުމަށްޓަކައި ސްޓާލިންކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ސްޓާލިންކް ސާވިސަސް މޯލްޑިވްސްއަށެވެ.

ސްޓާލިންކަށް ލައިސެންސް ދޫކުރަން މިއަދު ހަވީރު ބޭއްވި ހަފުލާއެއްގައި ލައިސަންސް ލިޔުން އެ ކުންފުންޏާ ހަވާލުކޮށްދެއްވީ ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. ސްޓާލިންކުގެ ފަރާތުން ލައިސެންސާ ހަވާލުވެވަޑައިގަތީ ސްޓާލިންކުގެ ބެލެނިވެރި، ސްޕޭސްއެކްސް ކުންފުނީގެ ސީނިއާ ޑިރެކްޓާ ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން، ރަޔަން ގުޑްނައިޓް އެވެ.

މިހާރު ރާއްޖޭގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދެނީ ދިރާގާއި އުރީދޫ އަދި ފޯކަސް އިންފޯކޮމް (އާރުއޯއެލް) އިންނެވެ. ސްޓާލިންކް ވެގެން ދާނީ އިންޓަނެޓް ހިދުމަތް ދިނުމުގެ ލައިސެންސް ލިބުނު ހަތަރު ވަނަ ކުންފުންޏަށެވެ. ނަމަވެސް، ސްޓާލިންކަކީ ސެޓެލައިޓް ބޭނުންކޮށްގެން މި ހިދުމަތް ރާއްޖޭގައި ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށާއި ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް ވެސް ހައިސްޕީޑް އިންޓަނެޓް މަގުގަހިވެގެންދާނެ ކަމަށް، ކޭމްއިން މީޑީއާތަކާ ހިއްސާކުރި މައުލޫމާތުގައިވެ އެވެ.

ޖައްވީ ސިނާއަތުގައި ފުއްނާބު އުސް ސްޕޭސްއެކްސް އިން ވަނީ ސްޓާލިންކް ހިދުމަތް ދިނުމަށް 2019 ވަނަ އަހަރު ޖައްވީ ފަށަލައަށް ސެޓެލައިޓުތައް ފޮނުވަން ފަށާފަ އެވެ. އެގޮތުން މިހާތަނަށް 5,000 އަށްވުރެ ގިނަ ސެޓެލައިޓު ދުނިޔެއިން ބޭރަށް ފޮނުވައިފައިވާއިރު، އެ ކުންފުނިން އަމާޒު ހިފާފައި ވަނީ ޖުމުލަ 12،000 ސެޓެލައިޓަށް ސްޓާލިންކް ވިއުގަ ބޮޑުކުރުމަށެވެ.

މިހާރު ވެސް އެ ކުންފުނިން އަންނަނީ 60 ގައުމެއްގައި ސްޓާލިންކުގެ ޒަރިއްޔާއިން އިންޓަނެޓް ފޯރުކޮށްދެމުންނެވެ.

ދިވެހިރާއްޖެއަށް ސްޓާ ލިންކުގެ ހިދުމަތް ލިބެން ފެށުމުން މިހާރަށްވުރެ އިންޓަނެޓުގެ އަގު ހެޔޮ ވާނެ ކަމަށް އަންދާޒާ ކުރެވެެ އެވެ. ހަމައެހެންމެ މިހާރު ލިބޭ ވަރަށް ވުރެ ބާރު ސްޕީޑުގައި، ދަށް ލެޓެންސީގައި ހިދުމަތް ލިބިގެން ދާނެ އެވެ.