Advertisement

ކަދުރު ރުއްތަކަށް ގެއްލުންވާ ކަމަށް ބުނެ ކެމްޕޭނު ބެނާ ނުދެމުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

24 އޮގަސްޓު 2023 - 15:18 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ކަދުރު ރުއްތަކުގައި އެމްޑީޕީގެ ބެނާއެއް ދަމާފައި. ސިޓީ ކައުންސިލުން ދުރު ރުއްތަކަށް ގެއްލުންވާތީ، ކެމްޕޭން ބެނާ އަދި ދިދަފަތި އެ ރުއްތަކުގައި ނުދެމުމަށް އެދޭކަމަށް -- ފޮޓޯ: އިޔާން/ އަދަދު


ކަދުރު ރުއްތަކަށް ގެއްލުންވާ ކަމަށް ބުނެ ކެމްޕޭނު ބެނާ ނުދެމުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

24 އޮގަސްޓު 2023 - 15:18 0

ބޮޑުތަކުރުފާނު މަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް ގެއްލުންވާ ކަމަށް ބުނެ ކެމްޕޭން ބެނާ އާއި ދިދަ ނުދެމުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.

ސެޕްޓެމްބަރު މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަ ކުރައްވަނީ، މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒެވެ.

ކަދުރު ރުއްތަކުގައި އެންމެ ފުރަތަމަ ބެނާ ދެމީ އެމްޑީޕީންނެވެ. ނަމަވެސް މިހާރު އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީގެ ބެނާ ވެސް ދަމާފައި އެބަ ހުއްޓެވެ.

މާލޭގެ މަގުތަކުގައި އިންދާފައި ހުރި އެހެން ބާވަތްތަކުގެ ގަސްތަކުގައި ކެންޑިޑޭޓުންގެ ފޮއްޗާއި ބެނާ ދަމާފައިވާއިރު ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ގެއްލުންވާކަން ފާހަގަކޮށްފައިވަނީ ހަމައެކަނި ކަދުރު ރުއްތަކަށެވެ.

"ބައެއް ޕާޓީތަކުން މިހާރުވެސް ބެނާތައް ކަދުރު ރުއްތަކުގައި ދަމާފައި ހުރުމުން މި ރުއްތަކަށް ދަނީ ގެއްލުން ލިބެމުންނެވެ." ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައި ވެއެވެ.

ކެމްޕޭން ބެނާ އަދި ދިދަ ދެމުމަށް އެކަމަށް ނަގަން ޖެހޭ ހުއްދަ ނެގުމަށް އެ ކައުންސިލުން އެދިފައި ވެއެވެ. އެ ކައުންސިލުން ބުނީ ބެނާ އަދި ދިދަ ދެމުމުގެ ހުއްދަ ދެވޭނީ ހޮޅިދަނޑިތަކުގައި އެކަނި ކަމަށެވެ. ބައެއް ކެންޑިޑޭޓުންގެ ދިދަފަތި މަޖީދީ މަގުގައި ދެމުމަށް ޕޭވްމެންޓު މައްޗަށް ވަނީ ދަގަނޑު ހޮޅި ޖަހައިފަ އެވެ.