Advertisement

"މަދު ދުވަސްކޮޅެއްތެރޭ" ތްރެޑްސްގެ ވެބް ވާޝަން ލޯންޗް ކުރަނީ

25 އޮގަސްޓު 2023 - 09:22 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ތްރެޑްސްގެ ވެބް ވާޝަން ގައި ޕޯސްޓްކޮށް، ފީޑް ބަލާ އެހެން މީހުންގެ ޕޯސްޓްތަކާ އިންޓަރެކްޓް ކުރެވޭނެ އެވެ. ނަމަވެސް މޯބައިލް އެޕުން ކުރެވޭ ހުރިހާ ކަމެއް އަދި ވެބް ވާޝަންއަކަށް ނުލިބޭނެ އެވެ.


"މަދު ދުވަސްކޮޅެއްތެރޭ" ތްރެޑްސްގެ ވެބް ވާޝަން ލޯންޗް ކުރަނީ

25 އޮގަސްޓު 2023 - 09:22 0

ޓްވިޓާ ނުވަތަ މިހާރުގެ ނަމުން ނަމަ އެކްސްއާ ވާދައަސް މެޓަ އިން ނެރުނު ސޯޝަލް މީޑިއާ އެޕް ތްރެޑްސް ގެ ވެބް ވާޝަން އެއް ވަރަށް އަވަހަށް ލޯންޗް ކުރާނެކަމަށް ބުނެފި އެވެ.

މެޓަގެ ސީއީއޯ މާކް ޒަކަބާގް އިއްޔެ ތްރެޑްސްގައި ކުރި ޕޯސްޓްކުރި ފޮޓޯއެއްގައި ބުނީ ކުރިއަށް އޮތް "މަދު ދުވަސްކޮޅެއްތެރޭ" ވެބް ވާޝަން ލޯންޗް ކުރާނެކަމަށެވެ. ކުރީގެ ފޮޓޯއެއްކަމަށް ލަފާކުރެވޭ ފޮޓޯއިން ފެންނަނީ ތްރެޑްސްގެ ވެބް ވާޝަން ހެދުމުގެ މަސައްކަތުގައި އޭނާ އުޅޭ މަންޒަރު ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

ތްރެޑްސްގެ ވެބް ވާޝަން ގައި ޕޯސްޓްކޮށް، ފީޑް ބަލާ އެހެން މީހުންގެ ޕޯސްޓްތަކާ އިންޓަރެކްޓް ކުރެވޭނެ އެވެ. ނަމަވެސް މޯބައިލް އެޕުން ކުރެވޭ ހުރިހާ ކަމެއް އަދި ވެބް ވާޝަންއަކަށް ނުލިބޭނެ އެވެ.

އެގޮތުން ޕްރޮފައިލް އެޑިޓްކުރުމާއި އިންސްޓަގްރާމް މެދުވެރިކޮށް ތްރެޑް މެސެޖެއް ނުކުރެވޭނެ އެވެ. މެޓަ އިން ބުނެފައިވަނީ ވެބް ވާޝަން ލޯންޗް ކުރުމަށް ފަހު ކުރިޔަށް އޮތް ހަފްތާތަކުގައި ފީޗާތައް އިތުރުކުރަމުން ގޮސް މޯބައިލް އާއި ވެބް އާއި އެއްގޮތްވާނެ ކަމަށެވެ.

މަސްކް ގެ އެކްސްއާ ވާދައަށް ނެރުނު ޒަކަބާގްގެ ތްރެޑްސް އަށް ފުރަތަމަ ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން ފަސް ދުވަސް ތެރޭ 100 މިލިއަން ޔޫޒަރުން ހަމަކޮށް އެ ޕްލެޓްފޯމުން ވަނީ އައު ރިކޯޑެއް ހަދައިފަ އެވެ.

ނަމަވެސް ފަހުގެ ރިޕޯޓްތައް ދައްކާގޮތުން ތްރެޑްސް އަށް ކުއްލިއަކަށް ލިބުނު މި "ހައިޕް" މިހާރުވަނީ ގެއްލިފަ އެވެ. އެގޮތުން 100 މިލިއަން ޔޫޒަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ޔޫޒަރުން ތްރެޑްސް ބޭނުންކުރުން ހުއްޓާލާފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ މައިގަނޑު ސަބަބަކީ އެ ޕްލެޓްފޯމްގައިވާ ފީޗާތަކުގެ އަދަދު މަދުވުން ކަމަށް ތަޖުރިބާކާރުން އިއްތިފާގުވެ އެވެ. ވެބް ވާޝަންގެ ސަބަބުން ފީޗާތައް އިތުރުން އަވަސްވެގެންދާނެ ކަމަސް މެޓަ އިން ގަބޫލުކުރެ އެވެ.