Advertisement

ޖީއެސްޓީ ލާޒިމްވާ އާމްދަނީ ދެ މިލިއަން ރުފިޔާއަށް މަތިކުރަނީ

24 އޮގަސްޓު 2023 - 23:43 1

އަމަން ހަލީމް

އަމަން ހަލީމް

ބާޒާރުމަތީގައި ހުންނަ ފިހާރަތަކެއް: އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން ޖީއެސްޓީ ނެގުން ލާޒިމް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޖީއެސްޓީ ލާޒިމްވާ އާމްދަނީ ދެ މިލިއަން ރުފިޔާއަށް މަތިކުރަނީ

24 އޮގަސްޓު 2023 - 23:43 1

ކުދި އަދި މެދުފަންތީގެ ވިޔަފާރި (އެސްއެމްއީ) ތަކަށް ލުޔެއް ހޯދައި ދިނުމުގެ މަގުސަދުގައި ދެ މިލިއަން ރުފިޔާއަށް ވުރެ ދަށުން އާމްދަނީ ލިބޭ ވިޔަފާރިތައް، ޖީއެސްޓީ އާއި އިންކަމް ޓެކްސްއިން އިސްތިސްނާ ކުރަން އެމްޑީޕީން ވައުދު ވެއްޖެ އެވެ.

މިހާރު އޮންނަ ގޮތުން، އަހަރުގެ ތެރޭގައި އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ހުރިހާ ވިޔަފާރިއަކުން ޖީއެސްޓީ އަށް ރަޖިސްޓްރީކުރުން ލާޒިމެވެ. އަދި އަހަރުގެ ސާފު ފައިދާ 500،000ރ. ވުރެ މަތި ނަމަ އާމްދަނީން ޓެކްސް ދައްކަންޖެހެ އެވެ.

އެމްޑީޕީން މިރޭ އާންމުކުރި އެ ޕާޓީގެ މެނިފެސްޓޯގެ އިގުތިސާދީ ވައުދުތަކުގެ ތެރޭގައި ޓެކްސް ކުޑަ ކުރަން ހިމަނާ ސަބަބެއް ކަމުގައި ވަނީ އެސްއެމްއީތަކަށް ކޮންމްޕްލަޔަންސް ކޮސްޓު ކުޑަ، އިދާރީ ގޮތުން ފަސޭހަ، ޕްރިޒަމްޕްޓިވް ޓެކުހުގެ ނިޒާމެއް ތައާރަފްކުރުމެވެ.

"ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން، ދެ މިލިއަން ރުފިޔާއަށް ވުރެ ދަށުން އާމްދަނީ ލިބޭ ވިޔަފާރިތައް، މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކުހުންނާއި އާމްދަނީން ނެގޭ ޓެކުހުން އިސްތިސްނާކޮށް، އެފަރާތްތަކަށް ހާއްސަ، ކޮންމްޕްލަޔަންސް ކޮސްޓް ކުޑަ، އިދާރީ ގޮތުން ފަސޭހަ، ޕްރިޒަމްޕްޓިވް ޓެކުހުގެ ނިޒާމެއް ތައާރަފްކުރުން،" ޒުވާނުންގެ މަރުކަޒުގައި ބޭއްވި ހާއްސަ އިވެންޓުގައި ތައާރަފު ކުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވެ އެވެ.

މި ބަދަލުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރި (އެސްއެމްއީ) ތަކަށް ލުޔެއް ހޯދައި ދިނުމަށް އިސްލާމިކް ފައިނޭންސާއި އެހެނިހެން ހިދުމަތްތައް ދިނުމަށް އަ ޓިޔަރ-ވަން އެސްއެމްއީ އިސްލާމިކް ބޭންކެއް ގާއިމްކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމުގައި ބޭންކުތަކުން ބަލާ މިންގަނޑު އިތުރަށް ލުއިކޮށް، ވިޔަފާރިތަކަށް ހާއްސަ މިންގަނޑެއް (އޮލްޓަނޭޓިވް ކްރެޑިޓް ސްކޯރިން ސިސްޓަމް) ތައާރަފްކުރުން ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ގޮފިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށް ހިދުމަތްތައް ފުޅާކުރުމާއި އިނޮވޭޓިވް ފައިނޭންސްގެ ގޮތުގައި ތިމާވެށްޓާއި ރަހުމަތްތެރި ވިޔަފާރިތަކަށް ގްރީން ފައިނޭންސް (އިއާދަކުރަނިވި ހަކަތަ ފަދަ) އަދި ސޯޝަލް އިމްޕެކްޓް ބޮންޑް ފަދަ ޕްރޮޑަކްޓްތައް ތައާރަފްކުރަން ވެސް ވައުދުވެފައިވެ އެވެ.

އިތުރު ބައެއް ވައުދުތައް

  • އެންމެ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރަހުނު އަދި އިކުއިޓީ އާ ނުލައި ފައިނޭންސިންގ ފޯރުކޯށްދިނުން މިހާރަށްވުރެ ފުޅާކޮށް، އެގޮތުގެ މަތިން އިތުރު ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މައިކްރޯފައިނޭންސިންގ ސްކީމްތައް ތައާރަފްކުރާނެ. މި ސްކީމްތަކުގެ ދަށުން ގޭގައި މަސައްކަތްކުރާ އަންހެނުންނަށާއި ޒުވާނުންނަށް ހާއްސަ އިސްކަމެއް ދޭނެ.
  • އަމިއްލަ އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށް މިހާރު ހިންގާ ހިލޭ އެހީގެ ޕްރޮގްރާމްތައް (ގްރާންޓް ޕްރޮގްރާމްތައް) ފުޅާކޮށް، އެފަރާތްތައް މޮނިޓަރކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެ.
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް، ބިޒްނަސް އިންކިއުބޭޝަން/އެކްސެލެރޭޓަރ ޕްރޮގްރާމްތައް އިތުރުކޮށް އިދާރީ، އީޖާދީ، ފަންނީ، އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭނެ.
  • އެސްއެމްއީ ހަބް ފަދަ ވިޔަފާރި ހިންގާނެ އިތުރު އަދި ބޮޑެތި ޖާގަތައް ގާއިމުކޮށް، ކުޑަ އަގުގައި ވިޔަފާރިތަކަށް ދޫކުރެވޭނެ.
  • ބައިނަލްއަގްވާމީ ބާޒާރުގައި ހަރަކާތްތެރިވާ އޮންލައިން ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސްގެ މާޗަންޓް ކަރަންސީގެ ގޮތުގައި ޔޫއެސް ޑޮލަރު ދެއްކޭނެ ގޮތް ހަމަޖައްސާނެ.
  • ދިވެހި ހުރިހާ ވިޔަފާރިތަކަށް ފީތައް ކުޑަކުރުމުގެ ގޮތުން، ސަރުކާރުން މެދުވެރިވެގެން ޒަމާނީ ޕޭމަންޓް ސާވިސް ހިދުމަތްތައް ފޯރުކޮށްދޭނެ.