Advertisement

ދެ ވަނަ ބުރު އައުމުން ގާސިމް ވަރެއް ނެތް، އިންތިހާބަށް ފަހު ވަނީ "މާމިގިލީ ކޮޔަށް": އަލީ ވަހީދު

21 އޮގަސްޓު 2023 - 16:16 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ށ. ފުނަދޫގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޖޭޕީ


ދެ ވަނަ ބުރު އައުމުން ގާސިމް ވަރެއް ނެތް، އިންތިހާބަށް ފަހު ވަނީ "މާމިގިލީ ކޮޔަށް": އަލީ ވަހީދު

21 އޮގަސްޓު 2023 - 16:16 0

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ޖެހުމާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަރުގެ ބޭފުޅަކު ނުހުންނަވާ ކަމަށާއި އެކަމަކު އިންތިހާބުވެ ހުވާ ކުރެއްވުމަށް ފަހު އޭނާ ވެގެން ދަނީ "މާމިގިލީ ކޮޔަށް" ކަމަށް، ގާސިމްގެ އިންތިހާބީ އެޖެންޓު، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ށ. ނޫމަރާއަށް ވަޑައިގެން އެ ރަށުގައި އަލީ ވަހީދު ވިދާޅުވީ މިހާތަނަށް ދިޔަ ރަށްތަކުން އެމްޑީޕީގެ އާންމު މެމްބަރުންނާއި ޕީޕީއެމްގެ އާންމު މެމްބަރުންނާ ވެސް ދިމާވި ކަމަށާއި އެ މީހުން ކުރާ ސުވާލަކީ ދެ ވަނަ ބުރަކަށް ގޮސްފި ނަމަ ޖުމްހޫރީ ޕާޓީން ހަދާނެ ގޮތަކާމެދު ކަމަށެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުން ވަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކަމަށް މިހާރު ތިބޭފުޅުން ވިސްނައިގެން ސެޕްޓެމްބަރު 9 ގައި ވޯޓު ލައްވާށޭ. ގާސިމް އިބްރާހިމް އަށް ކޮންމެ ފަހަރަކު ދެ ގޯހުންކުރެ ކުޑަ ގޯސް ނަގަން ޖާގަ ނުދެއްވާށޭ. މިއީ ވަރަށް ސީރިއަށް ވާހަކައެއް މި ދައްކަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

"ދެވަނަ ބުރު ފެށިގެން ދިޔައީމަ މާފަންނު ވިލާއިން މީހުން ނާރާ. ކުނޫޒު ދަށުން މީހުން ނުފިލާ. ގާސިމް ވަރުގެ ގައުމީ ބަދަލެއް ނެތް، ގާސިމްއަށް ހެޔޮކޮށް ނުބުނާ ބަހެއް ނޯވޭ. ބޮޑުތަކުރުފާނު ވާހަކަ ވެސް އަންނަނީ ގާސިމުގެ ވާހަކައަށް ފަހުން ދެވަނަ ބުރު ފެށޭރޭ. އޭގެ ކުރިން އެއީ މާމިގިލީ މީހެއް. މިކޮއި، އެއީ މީހެއް ނޫން."

ދެ ވަނަ ބުރުގައި ކުރީގެ ވާދަވެރިން ވެސް، ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް ވުރެ ގާސިމުގެ ރަނގަޅު ވާހަކަ ދައްކަވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބު ކާމިޔާބު ކުރާނީ، ބޮޑު ތިން ޕާޓީގެ ތެރޭގައި ކަމަށާއި، އެއީ ޖުމްހޫރީ، އެމްޑީޕީ، ޕީޕީއެމް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ ހަޔާތުގައި ވޭތުވެދިޔަ ތިން ދައުރު، ތިން ޕާޓީއަކަށް ދީފައިވާއިރު މި ފުރުސަތުގައި ގިނަ ބަޔަކު ބައިވެރިކުރަން ބައެއް މީހުން ހުށަހެޅުއްވި އެވެ.

ރާއްޖޭގައި 2008 ވަަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި މަލްޓިޕާޓީ ރިޔާސީ އިންތިހާބުގެ ފަހުން އިންތިހާބުވި ތިން ސަރުކާރު ވެސް އުފެއްދީ ގާސިމްގެ ޖުމްހޫރީ ޕާޓީ އާ އެކު ކޯލިޝަން ހަދައިގެންނެވެ. އެހެން ނަމަވެސް މިހާރު އޮތް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ފިޔަވާ އެއް ވެސް ސަރުކާރެއްގެ ދައުރު ނިމެންދެން، ކޯލިޝަނު ދެމެހެއްޓިފައެއް ނުވެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޖޭޕީ ވަކިވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވެސް ކަންތައް ވީ އެގޮތަށެވެ. އަލީ ވަހީދު އެ އިޝާރާތްކުރެއްވީ އެކަމަށެވެ.