28 ސެޕްޓެންބަރު 2025 - 21:53 0
އަހުމަދު އާއިދު
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އިބްރާހިމް: އައިޖީއެމްއެޗުން އޭނާ ވަނީ ހިތުގެ އޮޕަރޭޝަނެއް ކޮށްފައި ---- ފޮޓޯ: އަދަދު
28 ސެޕްޓެންބަރު 2025 - 21:53 0
މިދިޔަ ހަފުތާގެ ތެރޭ ހިތުގެ ފަރުވާއަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެޑްމިޓުކުރި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އިބްރާހިމްގެ ހާލު ރަނގަޅު ވުމުން ގެއަށް ދޫކޮށްލައިފި އެވެ.
ގާސިމްގެ އާއިލީ މެންބަރަކު އަދަދު އަށް ވިދާޅުވީ ހާލު ރަނގަޅު ވުމުން އޭނާ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ގާސިމް މިހާރު ހުންނެވީ އޭނާގެ ރިސޯޓުތަކުން ކޮންމެ ވެސް އެއް ރިސޯޓެއްގަ އެވެ.
އަންގާރަ ދުވަހު މާލެ ގެނެސް ގާސިމް އެޑްމިޓް ކުރީ އދ. އަތޮޅު ސަން އައިލެންޑު ރިސޯޓުގައި ހުންނަވަނިކޮށް ހިތުގެ އާލާސްކަންފުޅު ގޯސްވާހެން އިހުސާސްވެވަޑައިގެންނެވުމުންނެވެ.
"[ގާސިމް] މިހާރު އޮންނެވީ އައިޖީއެމްއެޗްގެ ރޫމެއްގައި. ﷲ އިރާދަކުރެއްވީތީ ހާލުކޮޅު މާ ގޯހެއް ނޫން. ވާހަކަ ވެސް ދައްކަވާ. ޑޮކްޓަރު ނިންމަވާފައި ވަނީ [މާދަމާ] ހިތުގެ ސާޖަރީއެއް ހެދުމަށް،" އަދަދު ނޫހާ ވާހަކަ ދެއްކެވި ގާސިމްގެ އާއިލީ ބޭފުޅާ މިދިޔަ ހަފުތާގެ ބުދަ ދުވަހު ވިދާޅުވި އެވެ.
ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އަކީ ކުރިން ވެސް ހިތުގެ ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އައިޖީއެމްއެޗުން ވެސް ފަރުވާ ހޯއްދަވާފައިވެ އެވެ.
Comment