19 އޮގަސްޓު 2023 - 19:23 0
19 އޮގަސްޓު 2023 - 19:23 0
ބްރިސްބަން (އޮގަސްޓް 19) - ފީފާ ވިމެންސް ވޯލްޑް ކަޕްގެ ތިން ވަނަ ހޮވި މެޗުގައި މިއަދު އޮސްޓްރޭލިއާ އަތުން 2-0 އިން މޮޅުވެ، ސްވިޑަން މުބާރާތުގެ ތިން ވަނަ މަގާމު ހޯދައިފިއެވެ.
އޮސްޓްރޭލިއާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސްވިޑަން އިން ލީޑު ހޯދީ ފްރީޑޮލީނާ ރޮލްފޯ ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ.
އަދި މެޗުގެ ދެވަނަ ހާފުގައި ސްވިޑަންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކޮސޮވާރޭ އަސްލާނީއެވެ. މިއީ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ތިން ވަނަ ސްވިޑަން އިން ހޯދި ހަތަރު ވަނަ ފަހަރެވެ.
އޮސްޓްރޭލިއާ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ނަމަވެސް، މުޅި މެޗަށް ބަލާއިރު އެ ޓީމަށްވުރެ ރަނގަޅަށް ކުޅުނީ ސްވިޑަންއެވެ. މެދުތެރެ ކޮންޓުރޯލްކޮށްގެން ސްވިޑަން ކުޅުނުއިރު، އޮސްޓްރޭލިއާގެ ފޯވަޑް ސޭމް ކެއާރް ހުއްޓުވުމުގައި ވެސް ސްވިޑަންގެ ޑިފެންސް ވަނީ ކުރި ހޯދައިފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ސްވިޑަންގެ ކޯޗު ޕީޓާ ގެހާޑްސަން ބުނީ މުބާރާތުގެ ތިން ވަނަ ލިބުމަކީ ސްވިޑަން އަށް ލިބުނު ރަނގަޅު ކާމިޔާބެއް ކަމަށެވެ.
"މުހިންމު މެޗެއް މިއީ. އަދި މި މެޗުގެ ފަހު 10 މިނިޓު ވަރަށް އުނދަގޫވި. މި ކަހަލަ މެޗެއް ކާމިޔާބުކުރުމަކީ ރަނގަޅު ކާމިޔާބެއް. ސްވިޑަންގައި މި މުބާރާތަށް ބޮޑު ސަމާލުކަމެއް އޮތީ ލިބިފަ،" ގެހާޑްސަން ބުންޏެވެ.
އޮސްޓްރޭލިއާގެ ކެޕްޓަން ސޭމް ކާ ބުނީ މި މެޗުން ބަލިވިޔަސް، އޮސްޓްރޭލިއާ އަކީ ފުޓްބޯޅައިގެ ފޯރި އޮތް ގައުމެއްކަން މި މުބާރާތުން ސާބިތުކޮށްދެވިއްޖެ ކަމަށެވެ.
"އަހަރަމެން ބޭނުންވީ މެޑަލްއަކާއެކު މުބާރާތް ނިންމާލުން. އެކަމަކު އެކަން ކާމިޔާބެއްނުވި،" ސޭމް ކާ ބުންޏެވެ.
Comment