Advertisement

އައިއޯއައިޖީގައި ޓައެކްވަންޑޯގެ އަމާޒަކީ ރާއްޖެ އަށް ރަން މެޑަލް

19 އޮގަސްޓު 2023 - 19:21 0


އައިއޯއައިޖީގައި ޓައެކްވަންޑޯގެ އަމާޒަކީ ރާއްޖެ އަށް ރަން މެޑަލް

19 އޮގަސްޓު 2023 - 19:21 0

މި މަހު މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާއިރު، މިއީ މި ގޭމްގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށް ވިޔަސް ވެސް ރާއްޖޭގެ ޓައެކްވަންޑޯ ޓީމުން ރަން މެޑެއްޔަށް އަމާޒު ހިފައިފި އެވެ.

ފަސް އެތްލީޓުންނާ އެކު ޓީމް ތައްޔާރުވަމުން ދަނީ މޮރޮކޯގެ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. މޮރޮކޯ ކޯޗު އަދުނާން ކަނާނޭއާ އެކު ޓީމް ތައްޔާރުވަމުން އަންނަތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.

އަދުނާން ބުނީ އޭނާ ޓީމާ ހަވާލުވެ، ރައްޖެ އައީ އަމާޒުތަކެއް ކަނޑައަޅައިގެން, އެކަން ހާސިލްކުރަން ކަމަށެވެ. އަދި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެއަމާޒުތަކަށް ވާޞިލްވެސް ދެން އޮތީ މެޑަލް ހޯދުން ކަމަށެވެ. ކޯޗު ބުނީ އޭނާގެ އަމާޒަކަށް ވެފައި އޮތީ ރަނގަޅު ޓީމެއް އެކުލަވާލުންކަމަށެވެ.

ރާއްޖޭގެ ޓީމް މިހާރު ހުރިހާ ގޮތަކުންވެސް ކުރިއެރުން ހޯދައިފި ކަމަށާއި، މެންޓަލީ އަދި ފިޒިކަލީ ވެސް ޓީމް އޮތީ ތައްޔާރަށް ކަމަށް އަދުނާން ބުންޏެވެ.

"ޓީމް އޮތީ ތައްޔާރަށް, ތައްޔާރުވުންތައް ދަނީ ރަނގަޅަށް. ވަރަށް ބުރަކޮށް މަސައްކަތްކުރަމުން މިދަނީ. އަހަރެމެންގެ އޮތީ ވަރަށް ވަރުގަދަ ޓީމެއް. އިންޝާالله އަހަރެމެން ދާނީ މެޑަލް ހޯދަން. މިހާރު އޮތީ މެޑަލް ހޯދޭނެ ރަނގަޅު ޓީމެއް. "އަދުނާން ބުންޏެވެ.

ރާއްޖޭގެ ޓީމުގެ އެތުލީޓުން ބުނީ ކޯޗާ އެކު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑު ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށާއި ރަން މެޑަލް ހޯދޭނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"ސްޕީޑް ވެސް, ފިޓްނަސް ލެވެލް ވެސް، ރިފްލެކްސް ވެސް، އިމްޕްރޫވް ވެއްޖެ. ޓާގެޓަކީ ހަމަ ރާއްޖެ އަށް ގޯލްޑް މެޑަލްއެއް ހޯދއިދިނުން. ވަރަށް އުއްމީދު އެބައޮތް ހޯދައިދެވޭނެކަމަށް. " ޓީމުގައި ހިމެނޭ އަންހެން އެތުލީޓު، ފާތިމަތު އިބްރާހީމް ބުންޏެވެ.

ރާއްޖޭގެ ޓީމްގެ ފިރިހެން އެތްލީޓް އަހުމަދު ފަޒީލް ބުނީ އަލަށް އައިއޯއައިޖީގައި ވާދަކުރާ ފަހަރު ވެސް ހުރިހާ ކުދިންގެވެސް އަމާޒަކީ ރަން މެޑަލް ހޯދުން ކަމަށެވެ. އޭނާ ބުނީ ކުރެވޭނީ މަސައްކަތް ކަމަށާއި، ޓީމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ެއެޑިޓަރުގެ ނޯޓް


މިއީ މި މަހު 25 އިން އަންނަ މަހުގެ ހަތަރަކަށް މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް މޯލްޑިވްސް މީޑިއާ އިން ތައްޔާރުކޮށްފައިވާ އާޓިކަލް އެކެވެ.