Advertisement

ޒަރީރަށް ހަމަލާދިން މައްސަލައިގައި ގައްބަރޭ އަނެއްކާ ވެސް ހައްޔަރުކޮށްފި

18 އޮގަސްޓު 2023 - 00:06 0

އަމަން ހަލީމް

އަމަން ހަލީމް

ޒަރީރަށް ހަމަލާދިން މައްސަލައިގައި ތުހުމަތުކުރެވޭ އިބްރާހިމް އަބްދުﷲ (ގައްބަރޭ): ގައްބަރޭއަކީ އެމްޑީޕީގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސް --


ޒަރީރަށް ހަމަލާދިން މައްސަލައިގައި ގައްބަރޭ އަނެއްކާ ވެސް ހައްޔަރުކޮށްފި

18 އޮގަސްޓު 2023 - 00:06 0

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ އިބްރާހިމް އަބްދުﷲ (ގައްބަރޭ) އެ މައްސަލައިގައި އަލުން ހައްޔަރުކޮށްފި އެވެ.

ގައްބަރޭ ހައްޔަރުކުރީ އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށް، އޭނާ ހައްޔަރުކުރަން އާދިއްތަ ދުވަހު ހައިކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.

ކްރިމިނަލް ކޯޓުން ގައްބަރޭ ދޫކޮށްލީ، ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށް 30 ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު އެވެ. އެއަށް ފަހު ބަންދުގެ އެއަށް ފަހުގެ ބަންދުގެ މުއްދަތު އިތުރުކުރަން ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އޭނަ ދޫކޮށްލީ ޖުލައި 6، ގަ އެވެ.

ގައްބަރޭ އާއި މި މައްސަލައިގައި ދެން ތުހުމަތު ކުރެވޭ މުލާމް މުހައްމަދާއި އަހުމަދު އައުޝަމް ބަންދުން ދޫކޮށްލަން ނެރުނު އަމުރުތައް ހައިކޯޓުން ބާތިލުކުރީ، ތޫނު އެއްޗެހި ބޭނުން ކުރުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ގާނޫނާ ހިލާފަށް ނެރުނު އަމުރުތަކެއް ކަމަށް އެ މައްސަލަ ބެލި ފަނޑިޔާރުން އިއްތިފާގުވީ ހުކުމެއްގަ އެވެ.

'އަދަދު'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގައްބަރޭ އާއި އިތުރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެއީ މުލާމް ކަމެއް އައުޝަމް ކަމެއް ސާފެއް ނޫނެވެ.

ޒަރީރަށް ހަމަލާ ދިނީ މެއި 1، ގައި މާލޭގެ ކެފޭއެއްގައި އޭނާ އިންނަވަނިކޮށެވެ. ގައްބަރޭއަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސެވެ.

ހަމަލާ ދިނީ ގައްބަރޭ ކަމަށް ވިދާޅުވެ ޒަރީރު އެންމެ ފުރަތަމަ ފުލުހަށް ބަޔާން ދެއްވި ނަމަވެސް ޒަރީރު ވަނީ ފަހުން ބަޔާން ބަދަލު ކުރައްވައިފަ އެވެ.