Advertisement

ޕެނަލްޓީ ޖަހަައިގެން ސެވިއްޔާ ބަލިކޮށް ސިޓީ ސުޕަ ކަޕް ކާމިޔާބުކޮށްފި

17 އޮގަސްޓު 2023 - 12:52 0


ޕެނަލްޓީ ޖަހަައިގެން ސެވިއްޔާ ބަލިކޮށް ސިޓީ ސުޕަ ކަޕް ކާމިޔާބުކޮށްފި

17 އޮގަސްޓު 2023 - 12:52 0

ޕިރާއުސް (އޮގަސްޓް 17) - ޕެނަލްޓީ ޖަހައިގެން 5-4 އިން ސެވިއްޔާ ބަލިކޮށް، މެންޗެސްޓާ ސިޓީން ޔުއޭފާ ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.

ގްރީސްގައި ކުޅުނު ޔުއޭފާ ސުޕަ ކަޕްގެ މެޗުގެ ފުރަަތަމަ ހާފުގައި ސެވިއްޔާ އިން ލީޑު ނެގީ އެ ޓީމުގެ މޮރޮކޯ ފޯވަޑް ޔޫސެފް އަލް ނޭސްރީ ޖެހި ލަނޑުންނެވެ.

ސިޓީގެ ގިނަ ހަމަލާތަކެއް ސެވިއްޔާގެ ގޯލްކީޕަރު ބޯނޯ ދިފާއުކުރި އެވެ. އެކަމަކު، ސިޓީން ގޯލެއް ޖަހަން ކުރަމުންދިޔަ މަސައްކަތްތައް ކާމިޔާބުވީ މެޗުގެ 63 ވަނަ މިނިޓުގައި ކޯލް ޕާލްމާ ޖެހި ލަނޑުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓް އިން ސިޓީ މޮޅުވީ ސެވިއްޔާގެ ޑިފެންޑަރު ނެމަންޖާ ގުޑެލްޖް ޖެހި ޕެނަލްޓީ ކާމިޔާބުނުވުމުންނެވެ.

މި ސީޒަންގެ ޕްރިމިއާ ލީގު ފެށުމުގެ ގޮތުން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި އާސެނަލް އަތުން ސިޓީ ވަނީ ބަލިވެފަ އެވެ. އެހެންކަމުން، ސުޕަ ކަޕް ލިބުމަކީ މިދިޔަ އަހަރު ތިން ތަށި ކާމިޔާބުކުރި ސިޓީ އަށް ބޮޑު ހިތްހަމަޖެހުމެއްކަން ގާޑިއޯލާ ބުންޏެވެ.

"ވަރަށް ހިތްހަމަޖެހިއްޖެ މި ތަށި ލިބުނީމަ،" ގާޑިއޯލާ ބުންޏެވެ.

މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކެވިން ޑެބްރޮައިނާ އާއި ބެނާޑޯ ސިލްވާ ނުލައި ކުޅުނު މެޗުގައި ސިޓީގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެނުން ކަމަށް ގާޑިއޯލާ ބުންޏެވެ. އަދި ޓްރާންސްފާ ބަންދުވުމުގެ ކުރިން އިތުރު ކުޅުންތެރިން ބޭނުންވާނެ ކަމަށެވެ.

މި ވަގުތު ސިޓީ އޮތީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫން ކަމަށް ރޭގެ މެޗަށް ފަހު ގާޑިއޯލާ ވަނީ ބުނެފަ އެވެ.