Advertisement

މެކްސްކޮމް އިން ޑެލް އާއި ވީއެމްވެއާ ގުޅިގެން މާލޭގައި މަލްޓި ވެންޑާ ޓެކް ފޯރަމެއް ބާއްވައިފި

17 އޮގަސްޓު 2023 - 08:54 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

މެކްސްކޮމް އިން މިއަދު ކުރިއަށްގެންދިޔަ ޓެކް ފޯރަމުގެ ތެރެއިން. މި ފޯރަމްގައި ރާއްޖޭގެ 80 ކުންފުނިން ބައިވެރިވި


މެކްސްކޮމް އިން ޑެލް އާއި ވީއެމްވެއާ ގުޅިގެން މާލޭގައި މަލްޓި ވެންޑާ ޓެކް ފޯރަމެއް ބާއްވައިފި

17 އޮގަސްޓު 2023 - 08:54 0

މެކްސްކޮމް އިން ޑެލް ޓެކްނޮލޮޖީ އާއި ވީއެމްވެއާ ގުޅިގެން މާލޭގައި މަލްޓި ވެންޑާ ޓެކް އިވެންޓެއް ބާއްވައިފި އެވެ.

ހޮޓެލް ޖެންގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ފޯރަމަކީ މެކްސްކޮމްގެ ކްލައިންޓުންނަށް ޑެލް ބްރޭންޑުގެ ކޮމްޕިއުޓަރު އަދި ނެޓްވޯކިން ޕްރޮޑަކްޓްތަކާއި ވީއެމްވެއާގެ ސޮފްޓްވެއާތަކުގެ އަދާހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ.

ކޮވިޑުގެ މެދެކެނޑުމަށްފަހު އެކުންފުނިން މި ފޯރަމް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ފޯރަމްގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކާއި ކުންފުނިތައް ހިމެނޭހެން 80 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

މެކްސްކޮމްގެ ޗީފް ޓެކްނޮލިޖީ އޮފިސަރު، އަހުމަދު ސިބާހު މި "އަދަދު"އަށް ވިދާޅުވީ އެ ފޯރަމްގެ ތެރެއިން ޑެލް ޓެކްނޮލޮޖީ އާއި ވީއެމްވެއާގެ އެކްސްޕާޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށާއި މި ފޯރަމުގެ ތެރެއިން ކްލަޔަންޓުންނަށް ދިމާވާ ގިނަ މައްސަލަތައް ހައްލުކުރެވޭނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އައިޓީ އިންފްރާސްޓްރަކްޗާގެ 80 ޕަސެންޓަކީ ޑެލް ޓެކްނޮލޮޖީގެ ޕްރޮޑަކްޓްތަކަށްވާއިރު އެ ކްލައިންޓުން އަތުގައި އައުޓްޑޭޓްވެފައި ހުންނަ ޕްރޮޑަކްޓުތައް ބަދަލުކުރުމުގެ މަސައްކަތް ކުރުމަކީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މުހިއްމުކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މި ފޯރަމްގެ ތެރެއިން ވީއެމްވެއާގެ ސޮލިއުޝަންސްތައް ބޭނުންކޮށްގެން ރެންސަމްވެއާ ފަދަ ހަމަލާތަކުން ސަލާމަތްވުމަށް އެހީތެރިވާ ގޮތްތައްވެސް ކްލައިންޓުންނަށް ކިޔައިދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ވިޔަފާރިތަކަށް އެކަންޏެއް ނޫން، ނެޝަނަލް ލެވެލްގެ ތްރެޓެއް އައުން ވަރަށް ގާތް އަޅުގަނޑުމެންގެ އަތުގަ އައުޓްޑޭޓެޑް އިކުއިޕްމަންޓް ހުރީމަ. އަދި ހާއްސަކޮށް މިހާ ބޮޑަށް ޕޮލިޓިކަލީ މޯޓީވޭޓް ވެފަ އޮންނަ ޒަމާނެއްގަ އެކަހަލަ ކަމެއް ހިނގުން އެއީ ހަމަ އެކަށީގެންވާ ކަމެއް" ސިބާހު ވިދާޅުވި އެވެ.

ސިބާހު ވިދާޅުވީ ފޯރަމް ނިމުމުން ޑެލް ޓެކްނޮލޮޖީ އާއި ވީއެމްވެއާގެ އެކްސްޕާޓުންނާއި އިންޖިނިއަރުންނާ އެކު ކްލައިންޓުންނަށް ވަކި ވަކި ސެޝަންތަކެއްވެސް ބާއްވާނެ ކަމަށެވެ. އޭގެ ބޭނުމަކީ އެކި ވިޔަފާރިތަކުގެ އައިޓީ އިންފްރާސްޓްރަކްޗާގައި ހުންނަ ސިއްރުތަކާއި ގުޅޭގޮތުން އެކްސްޕާޓުންގެ ލަފާ ހޯދޭނެ މަގުފަހިކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މެކްސްކޮމްގެ މި ފޯރަމް ކުރިއަށްގެންގޮސްފައިވަނީ ބައިވެރިންގެ މެދުގައި ނަގާ ހާއްސަ ލަކީޑްރޯއަކާވެސް އެކީގަ އެވެ. އެ ލަކީ ޑްރޯގެ އެއްވަނަ އިނާމަކަށް ހުއާވޭ ލެޕްޓޮޕެއް ކަނޑައަޅާފައިވާއިރު ދެވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ ހުއާވޭ ސްމާޓް ގަޑި އެކެވެ. އަދި ތިންވަނަ އިނާމަކަށް ކަނޑައަޅާފައި ވަނީ "ހުއާވޭ ބަޑް" ހެޑްސެޓެކެވެ.