15 އޮގަސްޓު 2023 - 11:39 0
އާމިނަތު ނިއުޝާ
މާވަށު އައިސްޕްލާންޓު ގާއިމްކުރުމުގެ މަސައްކަތް ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
15 އޮގަސްޓު 2023 - 11:39 0
ލ. މާވަށުގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ފެނަކަ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ފެނަކައާ ހަވާލުކުރީ 25 ޓަނުގެ އައިސް ޕްލާންޓެއް ހެދުމުގެ އިތުރުން 50 ޓަނުގެ ކޯލްޑު ސްޓޯރޭޖު ގާއިމްކުރަން ކަމަށެވެ.
އެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރީ މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެވެ.
އެ އަތޮޅު މާބައިދޫގައި ވެސް 25 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ ކޯލްޑު ސްޓޯރޭޖް ގާއިމްކުރުމަށް ފެނަކައާ ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހެވެ.
ލ. އަތޮޅަކީ މަަސްވެރި އަތޮޅަކަށް ވާއިރު، އެ އަަތޮޅުން މަސްވެރިންނަށް މިހާރު އައިސް ލިބެނީ ހަމައެކަަނި ހޮރައިޒަން ފިޝަރީޒްއިން މާންދޫގައި ހިންގަަމުން އަންނަ އައިސް ޕްލާންޓުންނެވެ. މަަސްވެރިކަން ތިޔާގި ދުވަސްވަރު އައިސް ލިބުން ދަތިވެ، އައިސް ހޯދުމަށް ދިގު ދަތުރުތައް ކުރަން ޖެހުމަކީ އެ އަތޮޅު މަސްވެރިންގެ ޝަކުވާ އެކެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment