Advertisement

ހުއްދަ ނެތި ވިޔަފާރި އުސޫލުން އުމްރާއަށް ގެންދާ މައްސަލަތަކެއް ބަލަނީ

15 އޮގަސްޓު 2023 - 16:01 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


ހުއްދަ ނެތި ވިޔަފާރި އުސޫލުން އުމްރާއަށް ގެންދާ މައްސަލަތަކެއް ބަލަނީ

15 އޮގަސްޓު 2023 - 16:01 0

ހުއްދަ ނެތި ވިޔަފާރި އުސޫލުން މީހުން އުމްރާއަށް ގެންދާ މައްސަލަތަކެއް ބަލަމުންދަ ކަމަށް އިސްލާމިން މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުއްދަ ނެތި ބައެއް ކުންފުނިތަކުން ވިޔަފާރި އުސޫލުން މީހުން އުމްރާއަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ހުއްދަ ލިބިގެން ނޫން ގޮތަކަށް އެއްވެސް މީހަކު އުމްރާއަށް ގެންދިޔުމަކީ މާނާކަމެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އުމްރާއަށް ގެންދިއުމަށް ހުއްދަ ދެނީ ޖެހި ޖެހިގެން ދެއަހަރުގެ މުއްދަތަށް ކަމަށާއި، އެ މުއްދަތަށް ނުފެތޭ ގޮތަށް އެއްވެސް މީހެއްގެ އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީ މަނާކަމެއް ކަމަށެވެ.

"ވީމާ، ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭ އުސޫލުގެ ނަގަން ޖެހޭ ހުއްދަ ނެތި ވިޔަފާރި އުސޫލުން އުމްރާއަށް މީހުން ނުގެންދިއުމަށާއި، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން ފައިސާ ނުދެއްކުމަށާއި، މިނިސްޓްރީގެ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް މިމިނިސްޓްރީން އިލްތިމާސްކުރަން،" އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެ އެވެ.

އެ އުސޫލާ ހިލާފުވެގެން ލިބޭ ގެއްލުމަކަށް އެ މިނިސްޓްރީން ޒިންމާ ނުވާނެ ކަމަށް ވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އޮތް ކުންފުނިތަކުގެ ލިސްޓު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.