Advertisement

މިއަދާއި މާދަމާ އުދަ އަަރައިފާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވާން އެދިއްޖެ

15 އޮގަސްޓު 2023 - 10:37 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މާލެއަށް އުދަ އެރުން -- ފޮޓޯ: އިޔާން/އަދަދު


މިއަދާއި މާދަމާ އުދަ އަަރައިފާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވާން އެދިއްޖެ

15 އޮގަސްޓު 2023 - 10:37 0

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދާއި މާދަމާ އުދަ އަރައިފާނެ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން އިލްތިމާސްކޮށްފި އެވެ.

މި ނޫހަށް މައުލޫމާތު ދެމުން މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މެދު ރާއްޖެތެރެއާއި ދެކުނުގެ ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވާން އެދޭކަމަށެވެ. މިއަދު އެންމެ ދިޔަވަރު އެންމެ ބޮޑުވާނެކަމުގަ ލަފާކުރެވެނީ މެންދުރު 1:00 ގަ އެވެ.

ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރާއިރު، ކަނޑުގައި އުފެދޭ ރާޅު ބާނި ފަސް ފޫޓަށް އުފުލިދާނެކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

މީގެ ކުރިން ދިޔަވަރު އެންމެ ބޮޑުވާ ދުވަސްތަކުގައި ބައެއް ރަށްތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތައް ކުރިމަތިވެފައިވެ އެވެ. އަދި މިދިޔަ އޮގަސްޓު ފަސްވަނަ ދުވަހު މާލެ ސަހައްދަށް ވަނީ އާދަޔާހިލާފަށް އުދައަރާފަ އެވެ.