Advertisement

ޓީޗަރުންގެ ރެޖިސްޓްރޭޝަން ބޯޑު ހިންގުމުގެ ގަވާއިދު އާންމުކޮށްފި

15 އޮގަސްޓު 2023 - 10:37 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޓީޗަރުންގެ ރެޖިސްޓްރޭޝަން ބޯޑު ހިންގުމުގެ ގަވާއިދު އާންމުކޮށްފި

15 އޮގަސްޓު 2023 - 10:37 0

މީގެ ދެ އަހަރު ކުރިން، އޮގަސްޓު 2021 ގައި އަމަލުކުރަން ފެށި ތައުލީމު ގާނޫނުގައި ބަޔާންކޮށްފައިވާ މުދައްރިސުން ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދިނުމުގެ އެންމެހައި ކަންކަން ކުރުމަށްޓަކައި މަޝްވަރާކޮށް, ބޭނުންވާ ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއަތްތަކާއި ގައިޑްލައިންތަކާއި މެނުއަލްތައް އެކުލަވާލުމަށް އުފައްދާ ޓީޗާސް ރެޖިސްޓްރޭޝަން ބޯޑު ހިންގުމުގެ ގަވާއިދު ގެޒެޓުކޮށްފި އެވެ.

އެ ގަވާއިދުގައި ބުނާ ގޮތުން އެ ބޯޑު އެކުލެވިގެންވަނީ އެޑިއުކޭޝަން މިނިސްޓަރު އައްޔަނުކުރާ ފަސް މެމްބަރުންގެ މައްޗަށެވެ. މި ބޯޑުގެ ދައުރެއްގެ ދިގު މިނަކީ ތިން އަހަރު ދުވަހެވެ. މެމްބަރުން ވަކިކުރުމުގެ އިހުތިޔާރު ވެސް މިނިސްޓަރަށް ލިބެ އެވެ.

އޭގެ ތެރޭގައި, މިނިސްޓްރީގެ ނައިބުން ފެންވަރަށް ވުރެ މަތީގެ ބޭފުޅަކާއި ތައުލީމީ ސިޔާސަތުގެ މީހަކާއި ކިޔަވައިދިނުމުގެ ދާއިރާގެ މީހަކާއި ތައުލީމީ މަންހަޖު އެކުލަވައިލުމުގެ ދާއިރާގެ މީހަކާއި ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިއުކޭޝަނަލް ސައިކޮލޮޖީގެ ތަޖުރިބާކާރެކެވެ.

ރެޖިސްޓްރޭޝަން ބޯޑުގެ މަސްއޫލިއްޔަތުތައް

  • ޓީޗަރުން ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދިނުމުގެ އެންމެހައި ކަންކަން ކުރުމަށްޓަކައި މަޝްވަރާކޮށް, ބޭނުންވާ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުން
  • ޓީޗަރުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލައި ތަންފީޒު ކުރުން
  • ޓީޗަރުންނަކީ ކިޔަވައިދިނުމަށް ބޭނުންވާ އެންމެހާ ފަންނީ މައުލޫމަތު ލިބިފައިވާ ބައެއްކަން ކަށަވަރު ކުރުން
  • ޓީޗަރުންގެ ރެޖިސްޓްރޭޝަން ދަފްތަރެއް އެކުލަވާލައި, އެ ދަފްތަރު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން
  • ލައިސެންސް ދޫކުރާނެ ފަރާތްތަކާއި, އެ ފަރާތްތަކަށް ދޫކުރާނެ ލައިސެންސްގެ ގިންތި ކަނޑައަޅައި, ލައިސެންސް ދިނުމާއި ރެޖިސްޓްރީ ކުރުން
  • ބޯޑުގެ ނިންމުންތައް ތަންފީޒުކުރަން ޓީޗާސް ރެޖިސްޓްރޭޝަން ޔުނިޓަށް އިރުޝާދު ދިނުން

މި ގަވާއިދުގެ ދަށުން ބޯޑުގެ ނިންމުންތައް ތަންފީޒު ކުރުމަށް ޓީޗާސް ރެޖިސްޓްރޭޝަން ޔުނިޓެއް އެޑިއުކޭޝަން މިނިސްޓްރީގައި ގާއިމުކުރާނެ އެވެ.