Advertisement

ކޮބާ ހިސާބު ދިމާވިތަ؟ ޔައުގޫބު މިހުރީ އެކައުންޓިން ކިޔަވައިދޭން

29 ސެޕްޓެންބަރު 2024 - 12:34 2

ަރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ އޭރު ކޮމިޓީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ކޮބާ ހިސާބު ދިމާވިތަ؟ ޔައުގޫބު މިހުރީ އެކައުންޓިން ކިޔަވައިދޭން

29 ސެޕްޓެންބަރު 2024 - 12:34 2

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރަށް އިންތިހާބުވުމުގެ މާކުރިން ވެސް ޔައުގޫބު އަބްދުﷲ އަކީ ކިޔަވައިދިނުމުގެ މަސައްކަތުގައި އުޅުއްވި ބޭފުޅެކެވެ. މަޖިލީހުގެ މެންބަރު ކަމުގެ ދައުރު ހަމަ ނިމުމާ އެކު އޭނާ މިހާރު އަނެއްކާ ވެސް ނުކުމެވަޑައިގެން ހުންނެވީ އެ މަސައްކަތުގަ އެވެ.

"ބެލެންސް ބޫސްޓް" ގެ ނަމުގައި އޮންލައިން ކްލާސްތަކެއްގެ މަސައްކަތް ފަށްޓަވައި، ސޯޝަލް މީޑިއާގައި ޖެހި އިޝްތިހާރާ އެކު ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.

"އޭރު ކިޔަވައިދެމުން އައީ ބޮޑަށް މެތުސްއާ އެކައުންޓިންއާ، ބޮޑަށް މެތުސް، [ސްކޫލްގައި] 10 ގައި އުޅުން އިރު ވެސް ކުދިންނަށް މެތުސް ކިޔަވައިދެމުން އައީ، ދެން އޯލެވެލް ނިންމާފައި ހަމަ މެތުސްއާ އެކައުންޓާ ކިޔަވައިދެމުން އައީ،" ކިޔަވައި ދިނުމުގެ ދާއިރާއަށް ވެދެވަޑައިގެންނެވުނު ގޮތުގެ ހަނދާން އާކުރައްވަމުން ޔައުގޫބު ވިދާޅުވި އެވެ.

އޭގެ ފަހުން އެކައުންޓިން ކިޔަވައިދިނުމަށް ހާއްސަވުމާ ހަމައަށް، ހިސާބުގެ އިތުރުން އިކޮނޮމިކްސް އާއި ކޮމާސް ވެސް އޭނާ ކިޔަވައިދެއްވި އެވެ. އެ މާއްދާތައް ދޫކޮށްލެެއްވީ އެއް މާއްދާއަށް ހާއްސަވެވަޑައިގަތުމަށެވެ.

"އަޅުގަނޑު ބޭރަށް ކިޔަވަން ގޮސްފައި ވެސް މި ކިޔެވީ އެކަައުންޓިން ދާއިރާ، އެހެންވީމާ ދެން ހިތަށް އެރީ އެކައުންޓިންއޭ ބޮޑަށް ކިިޔަވައިދޭނީ،" ޔައުގޫބު ވިދާވި އެވެ.

އެކައުންޓިން މާއްދާ އޭނާ ކިޔަވައިދެއްވާތާ މިހާރު ފަންސަވީހަކަށް އަހަރު ވެއްޖެ އެވެ.

އެކައުންޓިން ކިޔަވައިދިނުމުގެ މަސައްކަތް ޔައުގޫބު މިފަހަރު ފެށްޓެވީ އޭނާ ވިދާޅުވި ގޮތުގައި ވަރަށް މަތީ ފެންވަރުގައި ސްކޫލްތަކުން ފާސްވެގެން ނުކުންނަ ކުދިން ވެސް އޭނާގެ އޮޑިޓް ފާމަށް ވަޒީފާއަށް ނެރޭ ހިސާބުން އަލުން ކިޔަވައިދޭން ޖެހޭ ޖެހުމާ މެދު ކުރެއްވި ފިކުރުގެ ތެރެއިންނެވެ.

"ކްލަޔަންޓުންނަށް ވަރަށް ބޮޑު ހިދުމަތެއް ދޭ ތަނެއް ވީމާ، އެ ހިދުމަތަކީ ވަރަށް ރަނގަޅަށް އެނގިގެން ނޫނީ ނުކުރެވޭނެ ކަމެއް ވީމާ އެތަނަށް [އޮޑިޓް ފާމަށް] އިއުލާނުކޮށްގެން މި ނަގަނީ އޯލެވެލް، އޭލެވެލްގެ އެންމެ މޮޅެތި ކުދިން ހަމަ،" ޔައުގޫބު ވިދާޅުވި އެވެ.

އެހާ މޮޅު ކުދިން ވަޒީފާއަށް ގެނަޔަސް، ޕްރެކްޓިކަލްކޮށް އެކައުންޓިން އެޕްލައި ކުރަން ނޭނގުމުގެ މައްސަލަ ދިމާވެ އެވެ.

ބެެލެންސް ބޫސްޓްގެ ކްލާސްތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް

މިފަހަރުގެ އެކައުންޓިން ކްލާސްތައް އޭނާ ފެށްޓެވީ ކިޔެވި އެއްޗެއް ހަގީގީ ދިރިއުޅުމުގައި، މަސައްކަތުގެ ދާއިރާގައި ޕްރެކްޓިސް ކުރަން ދަންނަ ބަޔަކު އުފެއްދުމުގެ މަގުސަދުގަ އެވެ.

ކްލާސްތައް ފެށްޓަވަން އިޝްތިހާރު ޖެއްސެވުމުގެ ކުރިން ވަރަށް ގިނަ ސްކޫލްތަކުގެ ވެރިންނާ ވެސް އޭނާ މަޝްވަރާކުރެއްވި އެވެ.

"ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ ވަރަށް ރަނގަޅު ކަމެކޭ،" އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކްލާސްތައް ފަށްޓަވަން ނިންމެވީ އެހެންވެ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.

"ބެލެންސް ބޫސްޓް" މި ނަން ދިނީ އޭނާ ވިދާޅުވި ގޮތުގައި އެއީ ބެލެންސް ޝީޓް ދިމާވިތޯ އެއް ކުއްޖަކު އަނެއް ކުއްޖަކާ ސުވާލުކުރުމަކީ އެެކައުންޓިން ކިޔަވާ ދަރިވަރުންގެ މެދުގައި އާންމުކޮށް އޮންނަ އާދަޔާ ގުޅުވައިގެންނެވެ.

"އެކައުންޓިން ގައި އާއްމުކޮށް، ކުދިންގެ ލެވެލްގައި އެނގޭތޯ ނޭނގޭތޯ ބަލަން އޮންނަ އިންޑިކޭޓާއަކީ ބެލެންސް ވުން، ބެލެންސް ނުވަންޏާ އޭގެ މާނައަކީ ނޭނގެޔޭ، އެހެންވީމާ މި އިޝްތިހާރުގެ ތީމް އަކަށް ވެސް އެ ގެނެސްފައި އޭނީ،" ޔައުގޫބު ވިދާޅުވި އެވެ.

ބެލެންސް ނުވަންޏާ ޔައުގޫބުގެ ބެލެންސް ބޫސްޓް ކްލާހުގައި ބައިވެރިވާންވީ އެވެ. ސެޝަނަކަށް ދައްކަން ޖެހޭނީ 200 ރުފިޔާ އެވެ. ސެޝަނަކަށް އާއްމުކޮށް ދެގަޑިއި އިރު ހޭދަވާ އިރު ކޮންމެ ސެޝަނެއްގައި ވެސް ޓޮޕިކެއް ކަވަކުރާނެ އެވެ.