Advertisement

ހާފްވޭ ހައުސްގައި އަލަށް ގާއިމުކުރި "ދާލަން" ކުލިނިކު ހުޅުވައިފި

14 އޮގަސްޓު 2023 - 10:24 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ހާފްވޭ ހައުސްގައި އަލަށް ގާއިމުކުރި "ދާލަން" ކުލިނިކު ހުޅުވައިފި

14 އޮގަސްޓު 2023 - 10:24 0

ހުޅުމާލެ ހާފްވޭ ހައުސްގައި ހުންނަ އަންހެނުންގެ ރިހިބިލިޓޭޝަން ސެންޓަރުގައި ގާއިމުކޮށްފައިވާ ކުލިނިކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި އިމާރާތްކުރި "ދާލަން" ކުލިނިކު މިއަދު ހުޅުވައިފި އެވެ.

އެކަމަށް ހާއްސަކޮށް ހުޅުމާލޭގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި އެ ކުލިނިކު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަހުމަދެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން ފަރުވާ ހޯދާ ފަރާތްތަކަށް އޮންލައިންކޮށް ވެސް ހިދުމަތް ދޭ ދާލަން ކުލިނިކުން ފޯރުކޮށްދޭ ހިދުމަތްތައް ހާއްސަކުރެވިގެން ދާނީ މަސްތުވާކެތި ބޭނުންކުރުމުގެ މައްސަލަ ހުރެގެން އެކަމަށް ފަރުވާ ބޭނުންވާ އަންހެނުނަށާއި އާއިލާ ރޭވުމުގައި އަންހެނުންނަށް ދިމާވާ ހާއްސަ ހާލަތްތަކަށް އަމާޒު ކުރެވިގެން ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށެވެ.

އެ ކުލިނިކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އާންމު ބަލިތަކަށް ފަރުވާދިނުމާއި އަންހެނުންގެ ހާއްސަ ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން އެޑިކްޝަންއަށް ފަރުވާ ދިނުމާއި މައިނާ ޕްރޮސީޖަރު ހިދުމަތާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް އެހީތެރިވެދޭ ޓޮބޭކޯ ސެސޭޝަން ތެރަޕީ ފަދަ ހިދުމަތްތައް ހިމެނެ އެވެ.

ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑު (ޔޫއެންއެފްޕީއޭ) އާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ އެހީތެރިކަމާއެކު މި ކުލިނިކުގައި ކުރިއަށް ގެންދެވޭ ހިދުމަތްތަކުގެ ތެރޭގައި ދަރިމައިވުމުގެ ސިއްހަތާއި އާއިލާ ރޭވުންފަދަ ކަންކަމަށް މީހުން އަހުލުވެރިކުރުން ފަދަ ޕްރޮގުރާމުތައް ހިމެނެ އެވެ.

ދާލަން ކުލިނުކުގެ ހިދުމަތް ދޭން ފެށުމާ އެކު މަރުކަޒު ކުރެވިގެން ފަރުވާ ހޯދަން ދަތިތައް ކުރިމަތިވާ ގިނަ ފަރާތްތަކަށް މުޖުތަމައުގައި ތިބެގެން ސިއްހީ އެހީތެރިކަމާއެކު ޒިންމާދާރު އަދި ދުޅަހެޔޮ މީހަކަށްވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

އެ ކުލިކުން އެޑްމިޓުކޮށްގެން ވެސް އަދި ޒިޔާރަތް ކޮށްގެން ވެސް ބަލި މީހުންނަށް ފަރުވާ ދޭނެ އެވެ.

ދާލަން ކުލިނިކު ހުޅުއްވައިދެއްވުމަށްފަހު ފަޒްނާ ވަނީ ޔޫއެންއެފްޕީއޭ އާއި ޝީ އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ދާލަން ކުލިނިކުގެ އިސްވެރިންގެ މަސައްކަތް ފާހަގަކުރައްވައި އެމީހުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.