Advertisement

ކޭންގެ ފުރަތަމަ މެޗުގައި ބަޔާން ބަލި، ލައިޕްޒިގުން ތަށި އުފުލާލައިފި

13 އޮގަސްޓު 2023 - 10:11 0


ކޭންގެ ފުރަތަމަ މެޗުގައި ބަޔާން ބަލި، ލައިޕްޒިގުން ތަށި އުފުލާލައިފި

13 އޮގަސްޓު 2023 - 10:11 0

މިއުނިކް (އޮގަސްޓް 13) - ދާދި ފަހުން ބަޔާން މިއުނިކަށް ސޮއިކުރުމަށް ފަހު، ހެރީ ކޭން އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ޖަރުމަނުގެ ސުޕަ ކަޕްގައި ބަޔާނުން ލައިޕްޒިގު އަތުން 3-0 އިން ބަލިވެއްޖެ އެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް، 110 މިލިއަން ޑޮލަރަށް ބަޔާނަށް ސޮއިކޮށް، އެއް ޕްރެކްޓިސް ސެޝަނަަށް ފަހު ރޭ ކޭން ކުޅެން އެރީ ބަދަލަކަށެވެ. ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ކުޅޭ ބަޔާނުން މި މެޗުގެ ސްކޮޑުގައި ކޭން ހިމެނީ އަވަސް އަރުވާލައިގެން ކަމަށް ޖަރުމަނު މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ލައިޕްޒިގުން ސުޕަ ކަޕް ކާމިޔާބުކުރުމާ އެކު، ބަޔާނަށް މި ފަހަރުގެ ސުޕަ ކަޕް ގެއްލި، ކޭން، އޭނާގެ ކެރިއަރުގެ ފުރަތަމަ ތަށްޓަށް ކުރާ އިންތިޒާރު ދިގުލައިދިޔައީ އެވެ.

ރޭގެ މެޗުގައި ލައިޕްޒިގުގެ ތަރި އަކީ ހެޓްރިކެއް ހެދި ސްޕެއިންގެ މިޑްފީލްޑަރު ޑެނީ އޮލްމޯ އެވެ. ލައިޕްޒިގުގެ މުހިންމު ތިން ކުޅުންތެރިއަކު އެ ޓީމު ދޫކޮށްދިޔަ ނަމަވެސް ސީޒަން ފެށިއިރު، މި ފަހަރު ބަޔާން އަތުން މޮޅުވުމަކީ ތިބި ކުޅުންތެރިންނާ މެދު އުންމީދު ބޮޑުވި ކަމެއް ކަމަށް އެ ޓީމުން ބުނެ އެވެ.

ބަޔާނުން މިދިޔަ ސީޒަނުގެ ސުޕަ ކަޕް މެޗުގައި ޑޯޓްމަންޑް އަތުން ވަނީ 5-3 އިން މޮޅުވެފަ އެވެ. މި ފަހަރުގެ ސުޕަ ކަޕް މެޗުން ބަލިވުމުން، ބަޔާން ކޯޗު ޓުޗެލް ބުނީ މި ވަގުތަށް ބަލާއިރު، ބަޔާނުން ޕްރީ ސީޒަނުގައި ކުރި މަސައްކަތެއްގެ ނަތީޖާ މި މެޗުން ނުފެނުނު ކަމަށެވެ. އެކަމަކު، ކުރިއަށް އޮތްތަނުގައި ކަންކަން ބަދަލުވާނެ ކަމަށް ޓުޗެލް ބުނެފައިވެ އެވެ.