Advertisement

މާޅެންދޫ، ކުޑަފަރި އަދި ހެނބަދޫގައި ފެނާއި ނަރުދަމާ ގާއިމްކޮށްފި

12 އޮގަސްޓު 2023 - 20:26 0

އަމަން ހަލީމް

އަމަން ހަލީމް

ކުޑަފަރީ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައިދެއްވަނީ: މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަކީ


މާޅެންދޫ، ކުޑަފަރި އަދި ހެނބަދޫގައި ފެނާއި ނަރުދަމާ ގާއިމްކޮށްފި

12 އޮގަސްޓު 2023 - 20:26 0

ދައުލަތުން ހިއްސާވާ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ނ. މާޅެންދޫ، ކުޑަފަރި އަދި ހެނބަދޫގައި ގާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް މިއަދު އިފްތިތާހުކޮށްފި އެވެ.

އެ ތިން ރަށުގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި މިއަދު އެ ރަށްތަކުގައި ބޭއްވި ރަސްމިއްޔާތުތަކުގައި، ރިޔާސީ ކެމްޕެއިނަށް ނ. އަތޮޅަށް ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި މި ރަށްތަކުގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކުރުން
  • ފެން ހޮޅީގެ މައި ނެޓްވޯކް ކަނެކްޝަން އެޅުން
  • ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅައިދިނުން
  • ފެން އުފެއްދުމަށް ޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން އެޅުން
  • ފެން ރައްކާކުރުމަށް ޓަކައި ފެން ތާންގީ އެޅުން

ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން މި ތިން ރަށުގައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ނަރުދަމާގެ މައި ނެޓްވޯކް އާއި ޕަމްޕިން ލައިން އެޅުން
  • ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުން
  • ޕަމްޕިން ސްޓޭޝަން ގާއިމްކުރުން
  • ސީ އައުޓްފޯލް އެޅުން
  • ގޭގޭގައި ޖަންކްޝަން ބަހައްޓާ، ކަނެކްޝަން ގުޅައިދިނުން

އެމްޑަބްލިއުއެސްސީން ވަނީ ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އިތުރުން އެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖެނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހްލީލް ކުރަން ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދީފަ އެވެ.

މި ތިން މަޝްރޫއަށް ހަރަދުވީ 122.38 މިލިއަން ރުފިޔާ އެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަކީ މި ސަރުކާރުގެ ވައުދެއް އަދި 2020 ގައި އަމަލުކުރަން ފެށި ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން ފަސް އަހަރުގެ ތެރޭގައި ކޮށް ނިންމަން ލާޒިމް ކަމެކެވެ. އެގޮތުން އެހާތަނަށް ފެނުގެ ނިޒާމު ނެތް 23 ރަށަކާއި 16 ރަށެއްގައި އެ މަސައްކަތް ކުރަން މިދިޔަ ޑިސެމްބަރުގައި ވަނީ ކޮންޓްރެކްޓް ކޮށްފަ އެވެ.