Advertisement

ކޮށްފައި ހުރި މަސައްކަތަށް ބެލީމާ ވައުދުތައް ގަބޫލު ކުރެވޭނެ: ރައީސް

10 އޮގަސްޓު 2023 - 12:18 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގއ. ދާންދޫގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ކޮށްފައި ހުރި މަސައްކަތަށް ބެލީމާ ވައުދުތައް ގަބޫލު ކުރެވޭނެ: ރައީސް

10 އޮގަސްޓު 2023 - 12:18 0

ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ވެވަޑައިގަންނަވަމުން ގެންދަވާ ވައުދުތައް ރައްޔިތުންނަށް ގަބޫލުކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ކުރައްވާ ކެމްޕޭނުގައި ގއ. ދާންދޫއަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބެލުމުން ރައްޔިތުންނަށް ވައުދުތައް ގަބޫލުކުރެއްވޭނެ ކަމަށެވެ.

އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ ދާންދުއަށް ކޮށްދޭން ސަރުކާރުން ކުރިން ވައުދުވި ބައެއް ކަންތައްތައް މިހާރު ކޮށް ނިމިފައިވާ ކަން ފާހަަގަކުރައްވަމުންނެވެ. އޭގެ ތެރޭގައި އެރަށަށް ބިން އިތުރުކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

"އަޅުގަނޑު ހިތުން ތިޔަ ބޭފުޅުން އަޅުގަނޑުމެން މިވާ ވައުދުތައް ގަބޫލުކުރައްވާނެ. މި ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައި ހުރި މަސައްކަތުން، އަޅުގަނޑު ހިތުން އެ ޔަގީންކަން މުޅި ރާއްޖޭގެ ރަށްތަކުން އަަޅުގަނޑުމެންނަށް އެބަ ލިބޭ،" ރައީސް ވިދާޅުވި އެވެ.

ވައުދުތައް މީހުން ގަބޫލުކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވީ ދާންދޫގައި ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ވައުދުވެވަޑައިގެންނެވުމާ އެކުގަ އެވެ.

ދާންދޫއަށް ވެވަޑައިގެންނެވި ވައުދުތައް

  1. ހިއްކި ސަރަހައްދުގައި ފްލެޓު/ރޯހައުސް އަޅައިދިނުން
  2. ސިއްހީ މަރުކަޒުގެ ވަސީލަތްތައް އިތުރުކުރުން
  3. ބޮޑެތި ހުރިހާ މަގެއްގައި ތާރު އެޅުން
  4. ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމެއް އެޅުން
  5. ތިރީސް އެނދުގެ ހޮސްޕިޓަލެއް އެޅުން
  6. ބޭން ގެ ހިދުމަތް ދިނުން

މިހާރު ކުރިއަށްދާ ރިޔާސީ ކެމްޕެއިނުގައި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގަތީ ގދ. އަތޮޅުގެ ދެ ރަށަކަށާއި ގދ. އަތޮޅުގެ ތިން ރަށަކަށެވެ. ދަތުރު ފެއްޓެވި ގދ. ގައްދޫގައި ރޭ ކުރެއްވުމަށްފަހު އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ 26،244 މީހުން ތިބި ހުވަދު އަތޮޅަށް ރައީސް ކުރައްވާ މި ދަތުރުގައި ޖުމްލަ 17 ރަށަކަށް ވަޑައިގަންނަވާނެ އެވެ. މި ދެ އަތޮޅުން މި ދަތުރުގައި ރައީސް ވަޑައިނުގަންނަވާނީ ގދ. ތިނަދޫއަށެވެ. ފަހުގެ ތާރީހެއްގައި ހާއްސަ ކެމްޕެއިން ދަތުރެއް އެ ރަށަށް ރޭވިފައިވާ ކަމަށް އެމްޑީޕީގެ ކެމްޕެއިން ޓީމުން ބުނެ އެވެ.