Advertisement

ބޭނުން ނުކުރާ އެކައުންޓްތައް ގޫގުލް އިން ޑިލީޓް ކުރަން ފަށައިފި

8 އޮގަސްޓު 2023 - 18:27 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ފޮޓޯ: ޕަވެލް ޒާވިންކީ-އަންސްޕްލޭޝް


ބޭނުން ނުކުރާ އެކައުންޓްތައް ގޫގުލް އިން ޑިލީޓް ކުރަން ފަށައިފި

8 އޮގަސްޓު 2023 - 18:27 0

ބޭނުން ނުކޮށް ދެ އަހަރުވެފައިވާ އެކައުންޓްތައް ގޫގުލް އިން ޑިލީޓް ކުރަން ނިންމާފައިވާ ކަން އަންގައިފި އެވެ.

ގޫގުލް އިން ބުނެފައިވަނީ އެކައުންޓްތައް ޑިލިޓްކުރަން ފަށާނީ ޑިސެމްބަރު 1 ގެ ފަހުން ކަމަށެވެ. ނަމަވެސް ޑިލިޓް ކުރުމަށް ހަމަޖެހިފައިވާ އެކައުންޓްތަކަށް މިހާރުން ފެށިގެން އެކަން އަންގާ މެއިލްތައް ފޮނުވަމުން ދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ބޭނުން ނުކޮށް ގިނަ ދުވަސް ވެފައިވާ އެކައުންޓްތައް ޑިލިޓްކުރާނެކަން ފުރަތަމަ އިއުލާންކުރީ މިއަހަރުގެ މޭ މަހު އެވެ. ސަބަބެއްގެ ގޮތުގައި ބުނީ ކުރީގެ ބޭނުންނުކޮށް ހުރި އެކައުންޓްތަކުގެ ސެކިއުރިޓީ ރިސްކް މަތިކަމުން ކަމަށެވެ.

ޓޫ-ސްޓެޕް-ވެރިފިކޭޝަން ފަދަ ސެކިއުރިޓީ އަޕްޑޭޓްތައް ގިނަ ދުވަހު ބޭނުން ނުކުރާ އެކައުންޓްތަކަށް ލިބިފައި ނުވުމާ އެކު، މިފަދަ އެކައުންޓްތައް ހެކް ކޮށް ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ބޮޑުކަމަށް ގޫގުލް އިން ބުނެ އެވެ.

ގޫގުލް އިން ބުނެފައިވަނީ އެންމެ ފުރަތަމަ ޑިލިޓްކުރާނީ އެކައުންޓް ހެދުމަށް ފަހު އެއްވެސް ވަރަކަށް ބޭނުންނުކޮށް ހުރި އެކައުންޓްތައް ކަމަށެވެ. އެ ކުންފުންޏަށް އެންމެ މުހިންމު އެއް ކަމަކީ ޔޫޒަރުންގެ ޕްރައިވެސީ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި އެކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ގޫގުލް އިން ބުނެފައިވެ އެވެ.

ނަމަވެސް މިކަމުން ބައެއް އެކައުންޓްތައް އިސްތިސްނާވާނެ އެވެ. އޭގެތެރޭގައި ޔޫޓިއުބް ޗެނަލްއެއް ހިމެނޭ އެކައުންޓްތަކާއި، ގިފްޓް ކާޑް ގައި ބެލެންސްއެއް ހުރި އެކައުންޓްތައް، ފޮތެއް ނުވަތަ ފިލްމެއް ފަދަ ޑިޖިޓަލް އައިޓަމެއް ގަނެފައިވާ އެކައުންޓްތައް އަދި ޕްލޭސްޓޯގައި ވާ އެޕެއް ޕަބްލިޝްކޮށްފައިވާ އެކައުންޓްތައް ހިމެނެ އެވެ.

އެކައުންޓް ޑިލިޓްވާން ނޭދޭނަމަ ކޮންމެ ދެއަހަރަކު މަދުވެގެން އެއްފަހަރު އެކައުންޓަށް ލޮގިންވާނެޖެހެ އެވެ.