Advertisement

މަސްކް އާއި ޒަކަބާގްގެ މެޗު އެކްސް އިން ލައިވް ކުރާނެ: މަސްކް

8 އޮގަސްޓު 2023 - 08:41 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

މެޗު ބާއްވާނެ ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވޭ


މަސްކް އާއި ޒަކަބާގްގެ މެޗު އެކްސް އިން ލައިވް ކުރާނެ: މަސްކް

8 އޮގަސްޓު 2023 - 08:41 0

ސޯޝަލް މީޑިއާގައި ވާދަވެރި ދެ ޓެކް ޝަހުސިއްޔަތު ކަމަށްވާ އެލޮން މަސްކް އާއި މާކް ޒަކަބާގްގެ މިކްސްޑް މާޝަލް އާޓްސް ކޭޖް ފައިޓް އެކްސް އިން ލައިވްސްޓްރީމް ކުރާނެކަމަށް މަސްކް ބުނެފި އެވެ.

ސަމާސީ ގޮތަކަށް ދެ ބިލިއަނަރުންގެ މެދުގައި އުފެދުނު ޒުވާބު ފެށުނީ މިދިޔަ ޖޫން މަހު ގަ އެވެ. އެއީ އުމުރުން 52 އަހަރުގެ މަސްކް އުމުރުން 39 އަހަރުގެ ޒަކަބާގްއާ ދެކޮޅަށް ކޭޖް މެޗެއްގައި ބައްދަލުކުރަން ބޭނުންވާކަމަށް ބުނުމުންނެވެ. ޖިއުޖިޓްސޫ އަށް ތަމްރީނު ލިބިފައިވާ ޒަކަބާގް މި ޗެލެންޖް ވަރަށް އަވަހަށް ގަބޫލުކުރިއިރު، އެމްއެމްއޭ ޗެމްޕިއަންޝިޕްގެ ބޮޑެތި އިވެންޓްތައް ބާއްވާ ލަސްވެގަސް ގައި މި މެޗު ބާއްވަން ހަމަޖެއްސި އެވެ.

މިކަމުގެ އިންތިޒާރު އިތުރަށް ބޮޑުވީ ޒަކަބާގްގެ ކުންފުނި މެޓާ އިން ޓްވިޓާއާ ސީދާ ވާދަވެރި ތްރެޑްސް ތައާރަފް ކުރުމުންނެވެ. މި ފިޔަވަޅާއެކު އަލިފާނަށް އިތުރަށް ދަރު އެޅި، ދެމީހުންގެ މެޗްގެ ޝައުގުވެރިކަން ބޮޑުވި އެވެ.

އެދުވަސްވަރު މަސްކް ވަނީ މި އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް ޗެރިޓީއަށް ދޭނެކަމަށް ބުނެފަ އެވެ. މެޗުގެ ތައްޔާރީތަކާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވިފައިވީ ނަމަވެސް، ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

2022 ގައި މަސްކް ޓްވިޓާއާ ހަވާލުވުމާއެކު، އެ ޕްލެޓްފޯމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ޒަކަބާގްގެ ތެރްޑްސް ނެރުނީ މިބަލުތަކާ މެދު، ގިނަބަޔަކު ހިތްހަމަނުޖެހިފައި ތިބި ދަނޑިވަޅެއްގަ އެވެ. ތްރެޑްސް އަކީ ޓްވިޓާގެ ވާދަވެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކުނެވެ. އަދި ވަރަށް ފުރަތަމަކޮޅު ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.