Advertisement

މިއަދުވެސް ބައެއް ރަށްރަށަށް އުދަ އަރައިފާނެ، ސަމާލުވޭ: މެޓް

6 އޮގަސްޓު 2023 - 12:49 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މެޓް އޮފީހުން ބުނީ މިއަދުވެސް ދިޔަވަރު ބޮޑު ވަގުތުތަކުގައި އުދަ އެރުން އެކަށީގެންވާކަމަށް -- ފޮޓޯ: ފުލުހުން


މިއަދުވެސް ބައެއް ރަށްރަށަށް އުދަ އަރައިފާނެ، ސަމާލުވޭ: މެޓް

6 އޮގަސްޓު 2023 - 12:49 0

މިއަދު ވެސް ބައެއް ސަރަހައްދުތަކަށް އުދަ އަރައިފާނެ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވާން އެދޭކަމަށެވެ.

އިއްޔެވެސް މެންދުރުން ފެށިގެން މާލޭ އިރުމަތީ ފަރާތު ރާޅުގަނޑާއި ސިނަމާލެ ބްރިޖު ހިމެނޭ ސަރަހައްދަށް ބޮޑެތި ރާޅުތައް އަރައި މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ.

ސިނަމާލެ ބްރިޖު ހިމެނޭ ސަރަހައްދަށް އަދި މާލޭ ރާޅުގަނޑު ސަރަހައްދަށް އުދަ އަރަމުން ދިޔަ ވަގުތު އެސަރަހައްދުތަކުން ދުއްވި ސައިކަލުތައް ވެއްޓި ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވެއެވެ. ފުލުހުން ވަނީ އުދަ އަރާ ވަގުތުތަކުގައި ސައިކަލު ދުއްވާއިރު ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.

މިއަދު ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކުރެވެނީ ހަވީރު 4:23 އިން ފެށިގެންނެވެ. ދިޔަވަރު ހިކޭނެ ކަމަށް ލަފާކުރެވެނީ ރޭގަނޑު 10:55 ގަ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި އިއްޔެ އުދަ އަރާފައި ވަނީ ބޮޑު ދިޔަވަރު (ކިންގް ޓައިޑް)އާއި ރާއްޖޭގެ އޮޔާއި ވަޔާއެކު ރާޅުބާނި ހަ ފޫޓާއި އަށް ފޫޓާ ދެމެދަަށް އުފުލިގެން ކަމަށެވެ.

އުދަ އަރާ ވަގުތު ސަމާލުވުން މުހިންމު ކަންކަން:

  • އުދަ އަރައިގެން ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
    • ގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖަހާ, ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން
    • ގޭތެރޭގައި ފެންބޮޑުވެއްޖެނަމަ ގެއްލުންވާނެ މުދާތައް އުސްތަންތަނަށް ބަދަލުކުރުން
    • ބަނދަރު ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކު ނުކުރުން
    • އޮޑިދޯނިފަހަރުގެ ވާ ކަނޑައިގެން ނުދާނެހެން އެއްސުން
    • ދިޔަވަރު ބޮޑު ގަޑީގައި ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ސަމާލުވުން
    • ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް, އުދައާއެކު ރަށުތެރެއަށް ފެތުރޭ ކުނި އަވަހަށް ސާފުކުރުން